Support Us

ޗައިނާއިން ރޫސީ ޢަސްކަރިއްޔާއަށް ޒަމާނީ ފަންނިއްޔަތު ދޭކަމަށް އެމެރިކާ ތުހްމަތުކޮށްފި

ޗައިނާއިން ރޫސީ ޢަސްކަރިއްޔާއަށް ޒަމާނީ ފަންނިއްޔަތު ދޭކަމަށް އެމެރިކާ ތުހްމަތުކޮށްފިއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓެއް ބުނާގޮތުގައި ޗައިނާއިން ދެމުންގެންދާ ބައެއް ފަންނިއްޔަތުތަކީ އެހެން މައިދާންތަކުގައި ވެސް ބޭނުންކުރެވިދާނެ ފަންނިއްޔަތުތަކެކެވެ.

ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޔުކްރޭނުގެ ޑްރޯން ޙަމަލާގެ ސަބަބުން މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ނުލިބެއެވެ.

އިދިކޮޅު ޙަމަލާ

އަނެއްކޮޅުން ޔުކްރޭނުގެ ދިފާޢީ ވަޒީރުގެ ނައިބާ އާނަ މަލިޔާރު ވިދާޅުވާގޮތުގައި ޔުކްރޭން ސިފައިން ޑޮނެޓްސްކް ސަރަޙައްދުން ކުޑަކުޑަ ރަށެއް ރޭ ހިފައިފިއެވެ. ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި ޔުކްރޭން ސިފައިން މިހާރުދަނީ މި ރަށުގައި އަތްފުނާ އަޅައި ރަށް ސާފުކުރަމުންނެވެ. ޔުކްރޭނުން އިދިކޮޅު ޙަމަލާ ފެށިފަހުން ޔުކްރޭން ސިފައިން ވަނީ ޑޮނެޓްސްކާއި ޒަބަރޯޖިޔާ ސަރަޙައްދުން ކުދިކުދި ރަށްތަކެއް ހިފައިފައެވެ. އެހެނަސް ޔުކްރޭން ބުނާގޮތުގައި ރޫސީ ސިފައިންގެ ދިފާޢުތައް ވަރުގަދަކަމުން ޔުކްރޭން ސިފައިންނަށް ކުރިއަށް ދެވެނީ ވަރަށް މަޑުމަޑުންނެވެ. 

އަނެއްކޮޅުން ރޫސީ ރައީސް ޕޫޓިން ރަޝިޔާ އެފްރިކާ ސަމިޓް ގައި ވާހަކަފުޅު ދައްކަވަމުން ޔުކްރޭނުގެ އިދިކޮޅު ޙަމަލާއަކީ ނާކާމިޔާބު ޙަމަލާއެއް ކަމަށް މިއަދު ވެސް ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޒަބަރޯޖިޔާ ސަރަޙައްދުގައި ހަނގުރާމަ ވަނީ ތަންކޮޅެއް ބޮޑަށް ހޫނުވެފައެވެ. އޭނާ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި ޔުކްރޭންގެ އިދިކޮޅު ޙަމަލާތަކުގެ ސަބަބުން ކިޔީވަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. ޕޫޓިން ވިދާޅުވި ގޮތުގައި ހަނގުރާމައިގެ އެއްވެސް މައިދާނެއްގައި ކިޔީވް ސިފައިންނަށް އެއްވެސް ކުރިއެރުމެއް ޙާޞިލު ކުރެވިފައެއް ނުވެއެވެ.

ޗައިނާގެ ބޮލުގައި ތުހްމަތުތައް އެޅުވުން

އަނެއްކޮޅުން އެމެރިކާގެ ޖާސޫސީ އިދާރާގެ ސިއްރު ރިޕޯޓެއް ބުނާގޮތުގައި ޗައިނާގެ އެހީގައި ރަޝިޔާއިން ދަނީ އިޤްތިޞާދީ ޢުޤޫބާތްތައް ހުރަސްކުރަމުންނެވެ. މި ރިޕޯޓް ބުނާގޮތުގައި ބޭޖިންގުން ދަނީ މޮސްކޯއަށް ބޭނުންވާ ޢަސްކަރީ ފަންނިއްޔަތުތައް ދެމުންނެވެ. މި ރިޕޯޓު ތުހްމަތު ކުރާގޮތުގައި ޗައިނާއިން ރަޝިޔާއަށް ދޭ ބައެއް ފަންނިއްޔަތުތަކަކީ އެތައް މައިދާންތަކެއްގައި ބޭނުންކުރެވިދާނެ ފަންނިއްޔަތުތަކެކެވެ.  

އެމެރިކާގެ ހައުސްއަށް ސީއައިއޭ އިން ހުށައެޅި ރިޕޯޓް ބުނާގޮތުގައި ކަސްޓަމު ރެކޯޑްތައް ދައްކާގޮތުގައި ޗައިނާ ސަރުކާރުގެ ބައެއް ކުންފުނިތަކުން ރަޝިޔާ ސަރުކާރުގެ ދިފާޢާ ބެހޭ ކުންފުނިތަކަށް ނިޔަމިކަމުގެ ސާމާނުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުފަހަރުގެ ސްޕެއަރ އާއި ރާޑަރުފަދަ ދިފާޢީ އާލަތްތަކާއި ސާމާނުތަކުގެ މަސައްކަތަށް ބޭނުންވާ ފަންނިއްޔަތު ވަނީ ވިއްކައިފައެވެ. 

މި ރިޕޯޓު ބުނާގޮތުގައި ޗައިނާއާއި ރަޝިޔާއާ ދެމެދުގައި ވިޔަފާރީގެ ގިނަ މުޢާމަލާތުތައް ބަދަލު ކުރެވެނީ ޗައިނާގެ ޔުވާން ފައިސާއިންނެވެ.

ހަތިޔާރަށް ބަލާއިރު ޔުކްރޭންގެ މަސްއޫލުވެރިއަކު މިއަދު ހާމަކުރެއްވިގޮތުގައި އެ ޤައުމުގެ އިދިކޮޅު ޙަމަލާއަށް އެހީވުމަށް ޓަކައި އެމެރިކާއާއި ހުޅަނގުން 1700 ޑްރޯން ވަރަށް އަވަހަށް ފޮނުވާނެއެވެ. މިއީ ޙަމަލާދިނުމަށާއި ޖާސޫސް ކުރުމަށް ބޭނުންކުރެވޭނެ ހަތިޔާރެކެވެ. 

ގޮވާން ބޭރުކުރުން

ޔުކްރޭނުގެ މަސްއޫލުވެރިއަކު މިއަދު ވިދާޅުވިގޮތުގައި ގޮވާން ބޭރުކުރުމުގެ މަސައްކަތުގައި ރަޝިޔާއިން އެއްބާރުލުން ނުދިނަސް ޔުކްރޭނުން ބޭރުކުރަން ބޭނުންވާ ގޮވާން ބޭރުކުރުމުގެ ޤާބިލުކަން ކިޔީވަށް ލިބިގެން ވެއެވެ. 

ޔުކްރޭނުން ކްރެމިޔާ ފާލަމަށް މިދާކަށް ދުވަހު ޙަމަލާދިނުމާ ގުޅިގެން ރަޝިޔާއިން ދަނީ ޔުކްރޭނުގެ ބަނދަރުތަކަށް ޙަމަލާދެމުންނެވެ. މި ޙަމަލާތަކުގެ ސަބަބުން އެންމެ ބޮޑު ބަނދަރު އޮޑިއްސާ ބަނދަރު ވަނީ ހަލާކުވެ ބަންދުވެފައެވެ. ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ގޮވާން ގުދަންތައް ވަނީ އަންދައިލައިފައެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި ހުރިހާ ބަނދަރުތަކެއް އޮތީ ބަންދުވެފައެވެ. މި ބަނދަރުތަކުން އެއްވެސް ބޯޓަކަށް ނުފުރޭނެއެވެ. ރަޝިޔާއިން ގޮވާމާބެހޭ އެއްބަސްވުމުން ވަކިވުމާއެކު ޔުކްރޭންގެ ކަނޑުގެ ބަނދަރުތައް ވަނީ ޙިޞާރުކޮށްފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *