Support Us

ރޫސީ ދިފާޢީ ވަޒީރު އުތުރު ކޮރެޔާގައި

އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮންގް އުން ރޫސީ ދިފާޢީ ވަޒީރު ސަރގީ ޝުވިގޯއާ މިއަދު އުތުރުކޮރެޔާގައި ބައްދަލުކުރައްވައިފިއެވެ.

އުތުރު ކޮރެޔާގެ ރަސްމީ ނޫސް އޭޖެންސީ ބުނި ގޮތުގައި އުތުރު ކޮރެޔާގެ ޒަޢީމު ރޫސީ ވަފްދާއެކު ހަތިޔާރުގެ މަޢުރަޒަކަށް ވަޑައިގެން އުތުރު ކޮރެޔާގެ ޢަސްކަރީ އުފެއްދުންތައް ބައްލަވައިލެއްވިއެވެ. 

އުތުރު ކޮރެޔާގެ ނޫސް އޭޖެންސީ ބުނާގޮތުގައި ރޫސީ ދިފާޢީ ވަޒީރު ޝުވިގޯ ރައީސް ޕޫޓިންގެ ސިޓީފުޅެއް އުތުރު ކޮރެޔާގެ ޒަޢީމަށް އެރުއްވެވިއެވެ. ރޫސީ ދިފާޢީ ވަޒީރުގެ ޒަޢާމަތުގައި ރަޝިޔާގެ ޢަސްކަރީ ވަފްދެއް އުތުރު ކޮރެޔާއަށް ފޮނުއްވީތީ އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮންގް އުން ރައީސް ޕޫޓިނަށް ޝުކްރު އަދާކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިއިން އެނގެނީ އެ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އިސްތިރާތީޖީ ގުޅުމުގެ ފުންކަމެވެ.

އުތުރު ކޮރެޔާގެ ނޫސް އޭޖެންސީ ބުނާގޮތުގައި އުތުރު ކޮރެޔާގެ ޑްރޯންތަކާއި ބޮލިސްޓިކް މިސައިލްތައް ރޫސީ ވަޒީރު ބައްލަވައިލެއްވިއެވެ. އެމެރިކާގެ MQ-9 Reaper ޑްރޯނާއި Global Hawk ޑްރޯނާ އެއްފަދަ އައު ޑްރޯންތަކެއް އުތުރު ކޮރެޔާއިން ރޫސީ ވަޒީރަށް ދައްކައިލިއެވެ. ރޮއިޓަރޒް ބުނާގޮތުގައި މިއީ އަލަށް ހާމަކުރި އައު ދެ ހަތިޔާރެކެވެ.

އުތުރު ކޮރެޔާއިން ރޫސީ ޢަސްކަރީ ވަފްދަށް ދައްކައިލި އައު ހަތިޔާރުތަކުގެތެރޭގައި ހުވާ ސުންގް 17 ބޮލިސްޓިކް މިސައިލާއި  ހުވާސުންގް 18  ބޮލިސްޓިކް މިސައިލް ހިމެނެއެވެ. މި ދެ މިސައިލަކީ ވެސް ދުނިޔެ ވަށައި ދަތުރުކުރުމުގެ ޤާބިލްކަން ލިބިގެންވާ ދެ ހަތިޔާރެވެ. މި މިސައިލްގެ ބުރަފަތި މަސައްކަތް ކުރަނީ ހަރު އުނދަނައިން ކަމަށް އުތުރު ކޮރެޔާއިން ބުނެއެވެ. މި ދެ ބާވަތް ތަޖްރިބާކޮށްފައިވަނީ މި ހުސްވި އެޕްރިލް މަހުގައްޔާއި ޖުލައިމަހުގައެވެ.

މި ހަފުތާގެ ކުރީކޮޅު ޗައިނާގެ ކޮމްޔުނިސްޓް ޕާޓީގެ އިސް ވަފްދެއް ވެސް ވަނީ އުތުރު ކޮރެޔާއަށް ޒިޔާރަތްކޮށްފައެވެ. އެއީ އެ ޤައުމުގެ ނަޞްރު ދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވުމަށް ޓަކައެވެ.   

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *