Support Us

އައްޑޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނައިބު ރައީސް ފަށްޓަވައިދެއްވައިފި

އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ފަށްޓަވައިދެއްވައިފިއެވެ.

ހިތަދޫގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދީނީ ކަންކަމަށް ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ދީނަށް ލޯބި ޖެއްސުމަށް މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ޤުރުއާން މުބާރާތްތަކާއި އިޙްޔާ ފޯރަމްތަކާއި ދީނީ ނަޞޭޙަތްތަކާއި އިމާމުން ތަމްރީނު ކުރުމާއި އަދި ޚާއްޞަކޮށް އަތޮޅުތަކަށް އިސްކަންދީގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް މީގެ ކުރިން ނުހިންގޭ މިންވަރަށް މިދިޔަ އަހަރުތަކުގައި ކުރިޔަށް ގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިތަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.

މި އިސްލާމީ މަރުކަޒުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާއި 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، ހަތަރު ކްލާސްރޫމާއި، ދެ ސެމިނަރ ރޫމާއި އިދާރީ އޮފީހާއި ލައިބްރަރީވެސް ހިމެނެއެވެ.

ނައިބު ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިނިވަންދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *