Support Us

ޑެންމާކާއި ސްވިޑްންގެ މުދާ ބޮއިކަޓް ކުރުމަށް އަޒްހަރުން ގޮވައިލައިފި

"ނިރުބަވެރި މުޖްރިމުންނަށް" މުޞްޙަފު އެންދުމަށާއި ކީރިތި ރަސުލާއަށް ފުރައްސާރަކުރުމަށް ސްވިޑްނުންނާއި ޑެންމާކުން ހުއްދަ ދެމުންދާތީ އެކަން ކުށްވެރިކޮށް އެކަމާދެކޮޅު ހެދުމަށް ޓަކައި އެ ދެ ޤައުމުގައި އުފައްދާ އެއްޗެހި ބޮއިކަޓު ކުރުމަށް އަޒްހަރުން މިއަދު ދުނިޔޭގެ އެންމެހައި މުސްލިމުންނަށް ގޮވައިލައިފިއެވެ.

މިސްރުގެ އަޒްހަރުން މިކަމާ ބެހޭގޮތުން ނެރުނު ޚާއްޞަ ބަޔާން ބުނާގޮތުގައި މިއީ ދުނިޔޭގައި ދިރިއުޅޭ އެއްބިލިއަން މުސްލިމުންނަށް އިހާނެތިކޮށް ހިތައި ޖެއްސުންކުރުމަށް އެ ދެ ޤައުމުން ކުރަމުންދާ ކަމެކެވެ.

އަޒްހަރުން ބުންޏެވެ. "އިސްލާމްދީނާއި މުސްލިމުންނާ ހަތުރުވެރި ސިޔާސަތުތައް ހިންގުމަށް ސްވިޑްނާއި ޑެންމާކް ސަރުކާރުން ހިތްވަރުދީގެން ޙައްދުފަހަނަޅައިފައިވާ މީހުންނާއި ޖަމާޢަތްތަކުން  ހިންގަމުންދާ ޢަމަލުތައް އަޒްހަރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރެއެވެ."

އަޒްހަރުގެ ފޭސްބުކްގެ ޞަފްޙާގައި ޝާއިޢުކޮށްފައިވާ މި ބަޔާނުގައި އައިސްފައި ވެއެވެ. "މި ނުރައްކާތެރި ޖަރީމާތައް ހިންގަމުންދާއިރު ބައިނަލްއަޤްވާމީ މުޖްތަމަޢު ހަނު އޮންނާތީ އަޖައިބުވަމެވެ. ހަނުއޮތުމަކީ މި ޤައުމުތަކުން އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދްވާނީ ޖަރީމާތައް ހިންގުމަށް ދެވޭ ހިތްވަރުދިނުމެކެވެ."

އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ދެވޭ ޒާތީ ތަޢައްޞުބުގެ މި ޙަމަލާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އަޒްހަރުން ބުންޏެވެ.

އަޒްހަރުގެ ބަޔާނުގައި އިސްލާމީ ސަރުކާރުތަކާއި ވިދާރާތަކާއި  ޖަމްޢިއްޔާތަކުން މި ކަމުގައި އެކައްޗެއް ކިޔުމަށް ގޮވައިލައިފާ ވެއެވެ. އަޒްހަރުން ބުންޏެވެ. "މި ޤައުމުތަކަށް މާއްދާއާއި އިޤްތިޞާދީ މަޞްލަޙަތުގެ ބަހުރުވަނޫނީ ނޭނގޭނެތެވެ."

އަޒްހަރުން މި ބަޔާން ކުރިއަށް ގެންދަމުން ބުންޏެވެ. "ﷲގެ ދީނަށާއި ފޮތަށް ނަޞްރު ދިނުމަށް ޓަކައި ސްވިޑްނާއި ޑެންމާކްގެ އުފެއްދުންތައް ބޮއިކަޓު ކުރަމުންދާށެވެ. ކިތަންމެ ކުޑަ ޤައުމަކަށްވިޔަސް އެ ކަން ކުރާށެވެ. އޭގެ އަސަރު ވަރަށް ދިލަނަގާނެއެވެ." 

ޙައްޤު ހޯދަން އެދޭ މީހުންގެ ޤިބްލަ 

އަޒްހަރުން ބުންޏެވެ. "ކިތަންމެ ވަރަކަށް ޤުރްއާން އެނދިޔަސް މާތް ﷲ އެ ފޮތް ރައްކައުތެރިކޮށް ދެއްވާނެއެވެ. ޙައްޤާއި ހެވާއި ރިވެތިކަން ހޯދަން އެދޭ ކޮންމެ މީހަކަށް ޤުރްއާން ވާނީ ޤިބްލައަކަށެވެ. ކާއިދުންގެ ކައިދުތަކަށްވުރެ ﷲގެ ރޭއްވެވުންތައް މާ މޮޅުވާނެއެވެ."    

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *