Support Us

ރިޔާސީ ފާރަވެރިންގެ ބަޔަކު ނައިޖަރުގެ ރައީސް ހިފަހައްޓައިފި

ރިޔާސީ ފާރަވެރިންގެ ބަޔަކު ނައިޖަރުގެ ރައީސް މުޙައްމަދު ބާޒޫމު ރިޔާސީ ގަނޑުވަރުތެރޭގައި ހިފަހައްޓައިފިއެވެ.

ރިޔާސީ ގަނޑުވަރުން ބުނާގޮތުގައި ނައިޖަރުގެ ޢަސްކަރިއްޔާއިން މި ކަމަށް ތާއީދެއް ނުކުރެއެވެ. ރޮއެޓަރޒްގެ ރިޕޯޓަރު ބުނާގޮތުގައި ޢަސްކަރީ އުޅަނދުތަކުން މިހާރު ވަނީ ރިޔާސީ ގަނޑުވަރުގެ ދޮރޯށިތައް ބަންދުކޮށްފައެވެ. މި ގަނޑުވަރު ކައިރީގައި ހުންނަ ވުޒާރާތަކަށް މީހުންނަށް ނުދެވޭގޮތަށް ވަނީ ބަންދުކޮށްފައެވެ. ރިޔާސީ ގަނޑުވަރުގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި ރިޔާސީ ގަނޑުވަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ އޮފީހަށް ނުދެވިފައެވެ. 

ނައިޖަރުގެ ޢަސްކަރީ މުއައްސަސާއިން މިކަމާ ބެހޭގޮތުން އެއްޗެއް ނުބުނިނަމަވެސް ރިޔާސީ ގަނޑުވަރުން ބުނާގޮތުގައި ރިޔާސީ ފާރަވެރިން ރައީސް ދޫކޮށް ނުލައިފިނަމަ ސިފައިން ތިބީ ރިޔާސީ ފާރަވެރިންނަށް ޙަމަލާ ދިނުމަށް ތައްޔާރުވެގެންނެވެ. 

ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ނައިޖަރުގައި  ހިނގަމުންދާ ކަންތައްތަކަކީ ރައީސުލް ޖުމްހޫރިއްޔާމެދު ހިތްހަމަނުޖެހިގެން ރިޔާސީ ފާރަވެރިން ކުރަމުންދާ ކަމެކެވެ. ރައީސާ ފާރަވެރީންނާ ދެމެދުގައި ވާހަކަދެއްކުންތައް ކުރިއަށްދާ ކަމަށް ވެސް މި ނޫސް އޭޖެންސީ ބުންޏެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި ރައީސާއި އޭނާގެ ޢާއިލާގެ ޙާލުކޮޅު ރަނގަޅެވެ. ރައީސް ބާޒޫމްގެ ޕާޓީގެ މެންބަރަކު ވިދާޅުވި ގޮތުގައި ރައީސްގެ ޙާލުކޮޅު ރަނގަޅެވެ. 

ހުޅަނގު އެފްރިކާގައި ހުންނަ ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ނައިޖަރުގައި ހިނގަމުންދާ ކަންތައް އަދި ސާފެއް ނުވެއެވެ. ސިފައިން އެމީހުންގެ ސިޔާސަތު އަދި ހާމައެއް ނުކުރެއެވެ. ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ރައީސާ ރައީސްގެ ފާރަވެރީންނާ ދެމެދުގައި ދެބަސްވުންތަކެއް ވަނީ ހިނގައިފައެވެ. އެއީ މި ބާރުގެ ވެރިޔާ މަޤާމުން ވަކިކުރައްވަން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާތީއެވެ. 

ރައީސް މުޙައްމަދު ބާޒޫމް ނައިޖަރުގެ ރައީސްކަމަށް އިންތިޚާބު ކުރީ 2021 ގައެވެ. އޭނާއަކީ ފަރަންސޭސިވިލާތަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ޢަރަބި ނަސްލުގެ ބޭފުޅެކެވެ. 

ނައިޖަރަށް 1960ގައި ފަރަންސޭސިން އަތުން މިނިވަންކަން ލިބުނުފަހުން ހަތަރު އިންޤިލާބެއް ވަނީ ގެނެސްފައެވެ. އަދި އެތައް ފަހަރަކު ވަނީ އިންޤިލާބު ގެންނަން މަސައްކަތްކޮށްފައެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *