Support Us

ޗައިނާގެ ޚާރިޖީ ވަޒީރުގެ މަޤާމަށް އަނެއްކާވެސް ވަންގް ޔީ

ޗައިނާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމުގައި ކުރިން ހުންނެވި ވަންގް ޔީ އެ މަޤާމަށް އިޢާދަކުރުމުން ޗައިނާގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އެ ސިޔާސަތުގެ މަތީގައި ޗައިނާ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވެއްޖެއެވެ. މި ކަމާ ބެހޭގޮތުން ތަރްޖަމާން އިތުރަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.

ތަރްޖަމާން މައޮ ނިންގް ނޫސްވެރީންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. "ޗައިނާގެ ޑިޕްލޮމެޓިކް ހުރިހާ ޙަރަކާތްތަކެއް ސާބިތުކަމާއެކު ކުރިއަށް ދާނެއެވެ."

ޚާރީޖީ ވަޒީރު ޗެން ގަންގް، 57، މަޤާމުން ވަކިކުރީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވިއެވެ. "ޝިންޚުވާ ނޫސް އޭޖެންސީން ޝާއިޢު ކުރި ޚަބަރުގައި އެ މަޢުލޫމާތު އޮންނާނެއެވެ. އެ ނޫސް ކިޔައިލާށެވެ!"

ޗެން ގަންގް އެ މަޤާމުގައި 207 ދުވަސް ހޭދަކުރެއްވި ފަހުން އޭނާ ވަނީ އެ މަޤާމުން ވަކިކުރީ ވަރަށް ކުއްލި ގޮތަކަށެވެ. ޗެން އަކީ ރައީސް ޝީގެ ވަރަށް އަރިސް ބޭފުޅެއް ކަމަށް ބުނެވެއެވެ. ޝިންޚުވާ ނޫސް އޭޖެންސީ ބުނާގޮތުގައި ޗައިނާގެ ޤާނޫނު ހަދާ އެންމެ މަތީ ބާރުން އިއްޔެ ވަނީ ވަންގް ޔީ ޚާރިޖީ ވަޒީރުކަމަށް އިސްކުރަން ވޯޓުދީފައެވެ. އަދި ރައީސް ޝީ ޖިންޕިންގ ވަނީ އެ ޤަރާރު ވަގުތުން ތަޞްދީޤު ކުރައްވައި ތަންފީޒު ކުރުމަށް އަމުރުކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *