Support Us

ޔުކްރޭންގެ ނަމުގައި އެމެރިކާއާއި ނޭޓޯއިން އިލެކްޓްރޯނިކް ޙަމަލާއެއް ދިނުމަށް ތައްޔާރުވަނީ

ޔުކްރޭންގެ ނަމުގައި އެމެރިކާއާއި ނޭޓޯއިން ދަނީ އިލެކްޓްރޯނިކް ޙަމަލާއެއް ދިނުމަށް ތައްޔާރުވަމުން ކަމަށް ރަޝިޔާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ޑިރެކްޓަރު ނިކޮލައި ޕެޓްރޮޝޭވް ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ރަސްމީ ދުވަހު ނޫހެއް ކަމުގައިވާ Rossiiskaya Gazet އަށް ދެއްވި ބަޔާނެއްގައި ޕެޓްރޮޝޭވް ވިދާޅުވިގޮތުގައި އެމެރިކާގެ އިލެޓްރޯނިކް މައި އިދާރާއާއި އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހާއި ނޭޓޯގެ ސައިބަރާނީ ދިފާޢާ ބެހޭ އެއްބާރުލުމުގެ މަރްކަޒު ގުޅިގެން "ޔުކްރޭންގެ ދިދައިގެ ދަށުން"  އިލެކްޓްރޯނިކް ޙަމަލާތަކެއް ރަޝިޔާއަށް ދިނުމަށް އެބަ ރާވައެވެ. 

މި ދިޔަ އަހަރުގެ މާރިޗު މަހު ރަޝިޔާ ސަރުކާރުން ބުނެފައިވާ ގޮތުގައި ރޫސީ ސަރުކާރުގެ މުއައްސަސާތަކަށާއި ދައުލަތުގެ ކުންފުނިތަކަށް އާދަޔާޚިލާފު އިލެކްޓްރޯނިކް ޙަމަލާތަކެއް ވަނީ ދީފައެވެ. މި ޙަމަލާގެ ނުބައި އަސަރު އެތަންތާނގެ މަސައްކަތަށް ފޯރައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މި ޙަމަލާތައް ދިން އަމާޒުތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރާ ބެހޭ އެއަރޯފްލޮޓް ކުންފުންޏާއި ސްބަރބޭންކް ވެއެވެ. 

ރަޝިޔާގެ ވެބް އިދާރާ Statista ބުނާގޮތުގައި މި އަހަރު ދީފައިވާ އިލެކްޓްރޯނިކް ޙަމަލާތަކުގެ ސަބަބުން އަށް ޓްރިލިއަން ޑޮލަރުގެ ގެއްލުން ދުނިޔެއަށް ލިބިފައިވެއެވެ. މި ހުސްވި އަހަރު މިފަދަ ޙަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ މިންވަރަކީ ހަތް ޓްރިލިޔަން ޑޮލަރެވެ. އަދި މި އަންނަ އަހަރު މި ގެއްލުންތައް 9.2 ޓްރިލިއަނަށް ވުރެ މައްޗަށް ދާނެ ކަމަށް މި އިދާރާއިން ލަފާކުރެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *