Support Us

ޑެންމާކްގައި މިޞްރާއި ތުރްކީ އެންބެސީ ކުރިމަތީގައި މުޞްޙަފުތަކެއް އަންދައިލައިފި

އިސްލާންދީނާ އިދިކޮޅު ޙައްދުފަހަނަޅައިފައިވާ ބަޔަކު ޑެންމާކްގައި މިޞްރާއި ތުރްކީގެ އެންބެސީ ކުރިމަތީގައި މިއަދު މުޞްޙަފުތަކެއް އަންދައިލައިފިއެވެ. 

 ޑެންމާކްގެ ޙަޤީޤީ ރައްޔިތުންނޭ ކިޔާ ޙައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ޖަމާޢަތަކުން އިއްޔެ ވަނީ ކޮޕެންހޭގަންގައި ހުންނަ ޢިރާޤު އެންބެސީ ކުރިމަތީގައި މުޞްޙަފެއް އަންދައިލައިފައެވެ. ސްވިޑްންގައި މިފަދަ އެތައް ހާދިސާތަކެއް ވަނީ ހިންގައިފައެވެ. 

ސްވިޑްނާއި ޑެންމާރކުން ބުނާގޮތުގައި އެ ޤައުމުތަކުގެ ޤާނޫނުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވާތީ މުޞްޙަފު އެންދުން ހުއްޓުވުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވެއެވެ. 

ދުނިޔޭގެ މުސްލިމުންގެ ޝުޢޫރުތަކަށް އެއްވެސް އިޙްތިރާމެއް ނުކޮށް އެމީހުންގެ މުޤައްދަސް ފޮތަށް އިޙްތިރާމު ނުކުރުމުގެ ރޯގާ  ހުޅަނގުގައި ފެތުރެމުންދާތީ އިސްލާމީ ޤައުމުތަކުން ދަނީ އެ ކަން ކުށްވެރިކުރަމުންނެވެ. ޢިރާޤުގެ ޚާރިޖިއްޔާއިން މިކަމާ ދެކޮޅުހަދައި ނެރުނު ބަޔާނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މުޒާހަރާކުރުމުގެ ޙައްޤާމެދު ޔޫރަޕްގެ އިއްތިޙާދުން ވިސްނަން ވެއްޖެކަމަށް ގޮވައިލައިފާ ވެއެވެ.

ތުރްކީން ވަނީ މިފަދަ "ނަފްރަތްތެރިކަމުގެ ޖަރީމާތައް" ހުއްޓުވުމަށް ޑެންމާކަށް ގޮވައިލައިފައެވެ. 

މިޞްރުން ވެސް ވަނީ ހަމަ މި މޭރުމުން މުޞްޙަފު އެންދުމުގެ ރޯގާ ފެތުރުން މަނާކުރުމަށް ސްވިޑްނަށާއި ޑެންމާކަށް ގޮވައިލައިފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *