Support Us

މޮސްކޯއަށާއި ކްރެމިޔާއަށް ޔުކްރޭނުން ޙަމަލާތަކެއް ދީފި

މޮސްކޯއަށާއި ކްރެމިޔާއަށް ޔުކްރޭނުން ޑްރޯނުން ޙަމަލާތަކެއް މިއަދު ހެނދުނު ދީފިއެވެ.

ރޫސީ ދިފާޢީ ވުޒާރާ ބުނާ ގޮތުގައި ޔުކްރޭނުން މޮސްކޯއަށް މިއަދު ފޮނުވި ދެ ޑްރޯނަށް ހުރަސްއަޅައި ވަނީ ވައްޓައިލައިފައެވެ.

ކްރެމިޔާ ސަރުކާރުން ބުނާގޮތުގައި ޔުކްރޭނުން ފޮނުވި 11 ޑްރޯން ވަނީ ވައްޓާލައިފައެވެ. އެހެނަސް މި ޙަމަލާގެ ސަބަބުން އެމިޔުނިޝަން  ގުދަނެއްގައި ރޯވިކަމަށް ކްރެމިޔާއިން ބުންޏެވެ. ކްރެމިޔާގެ ގަވަރުނަރު ސަރްގީ އެކްސިޔަނޯވް ވިދާޅުވިގޮތުގައި "ކްރެމިޔާގެ ޖައްވުގެ ތެރެއިން ދުޝްމަނުންގެ 11 ޑްރޯން ވައްޓައިލިއެވެ."

މީހުން ބޭލުން

ޔުކްރޭނުން ދިން ޙަމަލާގެ ތެރެއިން ވައްޓައިލި ޑްރޯނުގެ ބައެއް ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ޢިމާރާތެއްގެ ކައިރިއަށެވެ. މި ކަމުގެ ސަބަބުން މި ޢިމާރާތަށް ގެއްލުންތަކެއް ލިބުނެވެ. ކްރެމިޔާގެ ގަވަރުނަރު ވިދާޅުވާގޮތުގައި މި ޙާދިސާ ހިނގި ހިސާބުގެ ވަށައިގެން ފަސް ކީލޯމީޓަރުގެ ސަރަޙައްދަކުން މިހާރު ވަނީ މީހުން ހުސްކުރެވިފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ޙާދިސާގެ ސަބަބުން މީހަކަށް ގެއްލުމެއް ނުލިބެއެވެ. ކްރެމިޔާގެ ބޮޑެތި ސަހަރުތަކުން ސަހަރެއް ކަމުގައިވާ ޑަކަންކްވީ ސަހަރުގެ ރޭލް ދަތުރުތައް ވަގުތުކޮޅަކަށް ހުއްޓައިލިއެވެ. އިންޓަރފެކްސް ނޫސް އޭޖެންސީ ބުނާގޮތުގައި 40 މިނެޓުފަހުން މި ދަތުރުތައް ވަނީ އަލުން ފަށައިފައެވެ.

މޮސްކޯއަށް އަމާޒުކުރުން

    އަނެއްކޮޅުން ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި މިއަދު ހެނދުނު ޔުކްރޭނުން މޮސްކޯއަށް ޑްރޯނުން ޙަމަލާތަކެއް ދެވޭތޯ މަސައްކަތްކޮށްފައި ވެއެވެ. އެ ވުޒާރާ ބުނާގޮތުގައި ދެ ޑްރޯނެއް ވާނީ ވައްޓައިލައިފައެވެ.

މޮސްކޯ ސަހަރުގެ މެޔަރު ސަރްގީ ސްބްޔާނިން އޭނާގެ ޓެލެގްރާމްގައި ލިޔުއްވައިފައިވާ ގޮތުގައި ދެ ޑްރޯން ލައިގަތްފައި ވަނީ މީހުން ނޫޅޭ ދެ ޢިމާރާތެއްގައެވެ. މި ކަމުގެ ސަބަބުން މީހަކަށް ގެއްލުމެއް ނުލިބެއެވެ. އެ ދެ ޢިމާރާތަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަނެއްކޮޅުން ޔުކްރޭނުން ބުނާގޮތުގައި ދެކުނު ޔުކްރޭނުގެ އޮޑިއްސާ ސަހަރަށް ރަޝިޔާއިން ރޭ ވެސް ވަރުގަދަ ޙަމަލާއެއް ދިނެވެ. މި ޙަމަލާގެ ސަބަބުން ގޮވާން ގުދަންތަކެއް ހަލާކުވިއެވެ. ރޫސީ ޙާމަލާތައް ހަތަރު ގަޑިއިރަށް ކުރިއަށް ދިޔައެވެ. ރަޝިޔާގެ ތިން ޑްރޯން ވައްޓައިލިއެވެ. ރަޝިޔާއިން ބުނާގޮތުގައި މި ޙަމަލާގައި ޔުކްރޭނަށް ހުޅަނގުން ދީފައިވާ އެތައް ހަތިޔާރުތަކެއް ވަނީ ހަލާކުކޮށްލައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *