Support Us

އިސްރާއީލު ސިފައިންގެ ފައުޖެއް ހުޅަނގު އައްސޭރިއަށް އަރައިފި

ހުޅަނގު އައްސޭރީގެ އުތުރުގެ ރަށެއް ކަމުގައިވާ ޠަލްކަރަމުގެ އިރުމަތީގައި އޮންނަ ނޫރު ޝަމްސު ފޭލިގެ އަވަށަށް އިސްރާއީލު ސިފައިން ރޭ ދަންވަރު އަރައިފިއެވެ.

ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިން އެރީ ފަސް ދޮޅަހަކަށް ޢަސްކަރީ އުޅަނދާއި ޓްރެކްޓަރުތަކާއި ބިން ކޮންނަ އުޅަނދުތަކާއެކުގައެވެ. 

ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިން މި އަވަށަށް އެރުމުން ފަލަސްޠީނުގެ ފިދާއީން އެމީހުންނާ ކުރިމަތިލިއެވެ. މިކަމާ ވިދިގެން ބާރުގަދަ އެއްޗެހިތައް ގޮވަމުންދިޔަ އަޑުއިވުނެވެ. 

ފަލަސްޠީނުގެ ސަރާޔާ އަލްޤުދުސް ޖަމާޢަތް ބުނާގޮތުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިން ބާރުގަދަ ބޮމެއް ގޮއްވައިލުމުގެ ސަބަބުން އިސްރާއީލުގެ ޓްރެކްޓަރެއް ހަލާކުވެގެން ދިޔައެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ބުނާގޮތުގައި މި އަވަށަށް އެ ޖަމާޢަތުގެ އެންބިޔުލެންސްތައް ދިޔުމުން އިސްރާއީލު ސިފައިން އެ އުޅަނދުތައް މި އަވަށަށް ވަނުން މަނާކުރިއެވެ.

ފަލަސްޠީނުގެ މެޑިކަލް މަޞްދަރުތަކާ ޙަވާލާދީ ބުނިގޮތުގައި އިސްރާއީލު ސިފައިން ނޫރު ޝަމްސު ފޭލިގެއަވަށަށް އަރާ ދިން ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ދެ މީހަކު ޒަޚަމުވިއެވެ. 

ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިން ވަނީ މި އަވަށުގެ މަގުތަކަށާއި ޢިމާރާތްތަކަށް ވަރަށް ބޮޑަށް ގެއްލުން ދީފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *