Support Us

ބިލަރޫސްގެ ރައީސާ ޕޫޓިން ބައްދަލުކުރައްވައިފި

ވެގްނަރުންގެ މަސްއަލަ ޙައްލުކޮށްދެއްވި ފަހުން ފުރަތަމަ ފަހަރަށް ރޫސީ ރައީސް ޕޫޓިން ބިލަރޫސްގެ ރައީސް ލޮކަޝެންކޯއާ  ބައްދަލުކުރައްވައިފިއެވެ.

ބިލަރޫސްގެ މީޑިޔާއިން ދުރަށް ދެއްކި ވީޑިއޯތައް ބުނާގޮތުގައި ދެ ރައީސުންގެ ބައްދަލުކުރެއްވުން އޮތީ ސޭން ޕީޓާސްބަރގްގެ ރަސްމީ ގަނޑުވަރެއްގައެވެ.

މި ބައްދަލުވުމުގައި ޕޫޓިން އޭނާގެ އެންމެ ގާތް އެކުވެރިޔާ ރައީސް ލޮކަޝެންކޯއަށް ދެންނެވި ގޮތުގައި ޔުކްރޭންގެ އިދިކޮޅު ޙަމަލާ އަކީ ނާކާމިޔާބު ޙަމަލާއެކެވެ. ރައީސް ލޮކަޝެންކޯ ޔުކްރޭނުގެ އިދިކޮޅު ޙަމަލާއެއް ނެތޭ ދެންނެވުމުން ޕޫޓިން ވިދާޅުވިއެވެ. "ޙަމަލާ އެބަ ދެއެވެ. އެހެނަސް އެ ވަނީ ފޭލްވެފައެވެ."  

 ވެގްނަރ ހަނގުރާމަވެރީންނާ ބެހޭގޮތުން ރައީސް ލޮކަޝެންކޯ ވިދާޅުވިއެވެ. "ވެގްނަރ ހަނގުރާމަވެރިން ތިބީ ބިލަރޫސިޔާގެ މެދުތެރޭގައެވެ. އެމީހުން ތިބީ މިންސްކްގެ ބާރުގެ ދަށުގައެވެ."

ވެގްނަރ ހަނގުރާމަވެރިން ބިލަރޫސިޔާއަށް ދިޔައީ އެމީހުން ރަޝިޔާއާ ދެކޮޅަށް ކުރި އެއް ދުވަހުގެ ޢަސްކަރީ ނުކިޔަމަންތެރިކަމާ ވިދިގެންނެވެ. ރައީސް ލޮކަޝެންކޯ ހާމަކުރެއްވި ގޮތުގައި އެމީހުން ބިލަރޫސިޔާގެ ހުޅަނގު ބިތަށް ދާން އެދުނެވެ. އެކަމަށް އޭނާ ހުއްދަ ނުދެއްވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "ވެގްނަރުންނަކީ މިޒާޖު ރަނގަޅު ބައެއް ނޫނެވެ. އެމީހުން ތިބީ ބިލަރޫސްގެ ފުރިހަމަ ބާރުގެ ދަށުގައެވެ." 

ބިލަރޫސިޔާއާ ވެގެނަރުންނާ ދެމެދުގައި އެއްބަސްވި އެއްބަސްވުމުގެ މަތިން އެމީހުން ބިލަރޫސިޔާއަށް ދިޔުމުގެ ހުއްދަ ރައީސް ޕޫޓިން ވަނީ ދެއްވައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *