Support Us

ޤުރްއާނަށް އިހާނެތިކޮށް ހިތާ މީހާއަށް އަމާންކަމެއް ނެތް: އީރާން

 "ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތައި މީހާއަށް އަމާންކަން ލިބިގެން ނުވާ" ކަމަށް އިރާނުގެ އިންޤިލާބީ ފާރަވެރިންގެ ލަޝްކަރުގެ އިސްވާރު ޖެނެރަލް ޙުސައިން ސަލާމީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވިގޮތުގައި ކީރިތި ޤުރްއާނާއި އިސްލާމީ މުޤައްދަސާތުތަކުގެ ޙުރްމަތް ކަނޑައިމީހުންގެ ކިބައިން ބަދަލުހިފޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ކީރިތި ޤުރްއާން އަންދައި މުސްލިމުންގެ މުޤައްދަސް ތަންތަނުގެ ޙުރްމަތަށް އަރައިގަންނަގަތުމަކީ އިސްލާމްދީނާ އިދިކޮޅަށް ރާވައިގެން ހިންގާ އިސްތިރާތީޖީ ޢަމަލެކެވެ. އޭނާ ވިދާޅުވިގޮތުގައި "ޚިޔާލު ފާޅުކުރުމުގެ ފަރުދާއިން ނިވާވެގެން ތިބެ ހިންގާ މި ޢަމަލަކީ ކުލީސިފައިން ލައްވާ ހިންގުވާ ކަމެކެވެ." 

ޖެނެރަލް ޙުސައިން ސަލާމީ ވިދާޅުވިއެވެ. "މިފަދަ ޢަމަލުތަކުގެ ސަބަބުން މުސްލިމުންގެ އެއްބައިވަންތަކަން ދަނީ އިތުރުވަމުންނެވެ. މުސްލިމު ޒުވާން ޖީލުތަކަށް ކީރިތި ޤުރްއާނުގެ މުހިއްމުކަން ދަނީ އިތުރަށް އެނގެމުންނެވެ."

ސަލާމީ ވިދާޅުވިގޮތުގައި "ކީރިތި ޤުރްއާނާއި އިސްލާމީ މުޤައްދަސާތުތަކާ ދެކޮޅަށް ހިންގާ މި ޢަމަލުތަކަކީ ވަރަށް މުޑުދާރު ސިޔާސަތެއްގެ ދަށުން ހިންގޭ ޢަމަލުތަކެކެވެ." މި ކަމާ ދެކޮޅަށް އިސްލާމީ ޤައުމުތައް ތެދުވުމަށާއި އެކަތިގަނޑަކަށް ވެގެން ފިޔަވަޅު އެޅުމަށް  އޭނާ ގޮވައިލެއްވިއެވެ.އޭނާ ވިދާޅުވިއެވެ. "ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތާ މީހުން އަމާންކަމާއެކު އުޅެން އަހުރެމެން ދޫކޮށެއް ނުލާނަމެވެ. އަހުރެމެންގެ ދީނާ ކުޅޭ މީހުން އެ ކުޅެނީ މުޅި ދުނިޔެއާ އެވެ." 

މި ދިޔަ ހުކުރުދުވަހު ޑެންމާރކްގެ ވެރިރަށް ކޮޕެންހޭގަންގައި ޢިރާޤު އެންބަސީ ކުރިމަތީގައި ހަރުކަށި ޖަމާޢަތަކުން ވަނީ މުޞްޙަފެއް އަންދައިލައިފައެވެ.

އަދި ބުރާސްފަތިދުވަހު ވަނީ ސްވިޑްންގައި މުޞްޙަފެއް ވީދާލައިފައެވެ. ހަމަ މި މީހާ ވަނީ މިދިޔަ ބޮޑު ޢީދުދުވަހު ސްވިޑްންގެ ވެރިރަށުގެ ބޮޑުމިސްކިތް ކުރިމަތީގައި މުޞްޙަފެއް އަންދާލައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *