Support Us

ޑެންމާކްގައި މުޞްޙަފެއް އަންދައިލައިފި

އިސްލާމްދީނާ އިދިކޮޅު، ހައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ބަޔަކު ޑެންމާކްގެ ވެރިރަށް ކޮޕެންހޭގަންގައި ޢިރާޤު އެންބަސީ ކުރިމަތީގައި މުޞްޙަފެއް ރޭ އަންދައިލައިފިއެވެ. މުޞްޙަފާއެކު ޢިރާޤުގެ ދިދަ ވެސް އަންދައިލިއެވެ. 

ނޫސް އޭޖެންސީތައް ބުނާގޮތުގައި މި ކަން ކުރީ "Danske Patrioter" ނަމަކަށް ކިޔާ ޖަމާޢާތެއްގެ ބަޔެކެވެ. އެމީހުން މި ކަންކުރުމުގެ ތެރޭގައި އިސްލާމްދީނާ އިދިކޮޅު ޝިޢާރުތައް ވެސް ފާޅުކުރިއެވެ. 

މި ޖަމާޢަތުގެ މީހުން މުޞްޙަފު ބިން މައްޗަށް އެއްލައިލައި އޭގެ މައްޗަށް އަރައި މުޞްޙަފަށް އިހާނެތިކޮށް ހިތިއެވެ. އެމީހުންގެ ފޭސްބުކްގައި މި ފޮޓޯތަކާއި ވީޑިއޯތައް ވެސް ފެތުރިއެވެ. 

އެމީހުން އެ ކަން ކުރީ ޑެންމާރކް ފުލުހުންގެ ހުއްދައާއި ޙިމާޔަތް ލިބިގެންނެވެ. މި ޖަމާޢަތުން ވަނީ މީގެ ކުރިން ތުރްކީ އެންބަސީ ކުރިމަތީގައި މުޞްޙަފުގެ ކޮޕީއަކާއި ތުރްކީ ދިދަ އަންދައިލައިފައެވެ. 

މި ދިޔަ ބުރާސްފަތިދުވަހު ސްވިޑްންގައި ވަނީ ޙައްދުފަހަނަޅައިފައިވާ ސަލްވާން މޫމިކާ ނަމަކަށް ކިޔާ ނަޞާރާއަކު ޢިރާޤު އެންބަސީ ކުރިމަތީގައި މުޞްޙަފެއް ވީދާލައި އެއަށް ފައިން އަރައިފައެވެ. މި މީހާ މި ކުޅި ފަށައިފައިވަނީ މި ދިޔަ ބޮޑު ޢީދު ދުވަހު ސްޓޮކްހޮލްމުގެ ބޮޑު މިސްކިތް ކައިރީގައެވެ. އެ ދުވަހު އޭނާ  މުޞްޙަފު އަންދައިލީ އެއަށް އޫރު ތެޔޮ އަޅައިފައެވެ.

ހުޅަނގުގައި މުޞްޙަފު އެންދުމުގެ ރޯގާ ފެތުރެމުންދާތީ އެކަމާ  ދެކޮޅަށް އިސްލާމީ ޤައުމުތަކުގައި ހުކުރުނަމާދަށްފަހު ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *