Support Us

އިދިކޮޅު ޙަމަލާގެ ސަބަބުން ހުޅަނގު މާޔުސްވެއްޖެ: ޕޫޓިން

ޔުކްރޭނުން ފަށައިފައިވާ އިދިކޮޅު ޙަމަލާގެ ސަބަބުން ހުޅަނގު މާޔުސްވެއްޖެ ކަމަށް ރޫސީ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ކިޔީވްގެ އިދިކޮޅު ޙަމަލާގެ އެއްވެސް އަސަރެއް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނަށް އެތައް ހާސް ސިފައިންނެއް ގެއްލިއްޖެއެވެ. "ހުޅަނގުން ދިން ހަތިޔާރުތައް އަނދައި ހުލިވަމުންދާތަން ދުނިޔެއަށް ފެނިއްޖެއެވެ."

ނޭޓޯގެ ކުޑައިގެ ދަށުގައި ޕޮލެންޑުން ޔުކްރޭނާއެކު އެއްބާރުލުމެއް ޤާއިމުކުރަން އުޅޭތީ ޕޫޓިން އެކަމާ ދެކޮޅުހެއްދެވިއެވެ. އޭނާ ޕޮލެންޑަށް އިންޒާރުދެއްވާ ވިދާޅުވިގޮތުގައި ބެލޮރޫސިޔާއަށް އެއްވެސް ބާވަތެއްގެ ޢުދްވާނީ ޙަމަލާއެއް ދީފިނަމަ އެއީ ރަޝިޔާއަށް ދިން ޙަމަލާއެއް ކަމުގައި މޮސްކޯއިން ބަލައި އެކަމަށް ރައްދުދޭނެތެވެ.

އިތުރު ތަރައްޤީތައް

އަނެއްކޮޅުން ޔުކްރޭންގެ ޗީފް އޮފް ސްޓާފް ކޮވަލޭވް ހާމަކުރެއްވި ގޮތުގައި ޑޮނެޓްސްކާއި ކޮބިޔަންސްކް ސަރަޙައްދުގައި ތިން ނާރެހެއްގައި ޔުކްރޭން ސިފައިން ދަނީ ޙަމަލާތައް ދެމުންނެވެ.އޭނާ ހާމަކުރެއްވި ގޮތުގައި ލީމާނާއި ކޮބިޔަންސްކް ސަރަޙައްދުގައި ޔުކްރޭން ސިފައިން ދަނީ ރޫސީ ޙަމަލާތައް މަތަކޮށް ދިފާޢުކުރަމުންނެވެ.

އެހެނަސް ރަޝިޔާ ބުނާގޮތުގައި ރޫސީ ސިފައިން ޑްވޮރިޗިނިސްކާ ދިމާއިން ދަނީ ކުރިއަރަމުންނެވެ. އެމީހުން ވަނީ އެ ސަރަޙައްދުން ޔުކްރޭން ސިފައިންގެ ފަސް ތަނަކާއި ހަތަރު މަރްކަޒެއް ހިފައިފައެވެ.

ރޫސީ ސިފައިންގެ ހުޅަނގު ސަރަޙައްދުގެ ތަރްޖަމާން ވިދާޅުވާ ގޮތުގައި ޔުކްރޭން ސިފައިންގެ އެތައް ފައުޖުތަކެއް ވަނީ ނައްތައިލެވިފައެވެ. މީގެއިތުރަށް ޕޮލެންޑްގައި ހަދައިފައިވާ މިސައިލް ހަރުތަކާއި އެމެރިކާގައި ހަދައިފައިވާ މިސައިލް އެތައް ހަރުތަކެއް ވަނީ ހަލާކުފުޑުފުޑުކޮށްލައިފައެވެ.

ބަދަލުހިފުމުގެ ތަފާލުތައް

ޔުކްރޭން ޢަސްކަރީ ޙަމަލާތަކުގެ ދެކުނު ކޮމާންޑުން ބުނާގޮތުގައި ރޫސީ ސިފައިން މިއަދު ވަނީ އޮޑިއްސާ ސަރަޙައްދުގައި ހުރި ގޮވާން ކޮށާރުތަކަށް ކެލިބަރ މިސައިލުން ޙަމަލާދީފައެވެ.

ރަޝިޔާއިން ރޭ ވަނީ އޮޑިއްސާ ސަރަޙައްދުގައި ހުރި ބޮއްކުރާ ޑްރޯން އުފައްދާ ވަރކްޝޮޕްތަކަށާއި މި ތަންތަނުން އުފައްދާ އުޅަނދުތަކުގެ ހަރުގެތަކަށް ޙަމަލާދީ އެތަންތަން ހަލާކުކޮށްލައިފައެވެ.

މިކޮލައިވް ސަހަރަށް ރޫސީ ޢަސްކަރިއްޔާ ދިން ޙަމަލާތަކުގައި ވަނީ އެ ސަރަޙައްދުގައި ހުރި އުނދަނައާ ބެހޭ ބިނާރުތަކާއި އެމިނިޔުނިޝަން ގުދަންތައް ފުޑުފުޑުކޮށް ހަލާކުކޮށްލައިފައެވެ. ރަޝިޔާއިން ބުނާގޮތުގައި މި ޙަމަލާތުގެ ލަޑުދަނޑިތައް ފުރިހަމައަށް ޙާޞިލް ކުރެވުނެވެ. ޔުކްރޭންގެ ޢަސްކަރިއްޔާ ބުނާގޮތުގައި ރަޝިޔާގެ އޮނެކްސް މިސައިލްތަކަށް ހުރަސްއެޅޭވަރުގެ ދިފާޢީ ބާރެއް ޔުކްރޭން އަތަކު ނެތެވެ.

ޢަސްކަރީ ތަމްރީންތައް

އަނެއްކޮޅުން މޮސްކޯ ބުނާގޮތުގައި ރޫސީ ސިފައިން ކަޅުކަނޑުގައި މިއަދު ހެނދުނު ޢަސްކަރީ ޔަމްރީނުތަކެއް ބާއްވައިފިއެވެ. ރޫސީ ދިފާޢި ވުޒާރާއިން ހާމަކުރިގޮތުގައި މިއީ ކަނޑުގެ ސިފައިންގެ ތަމްރީނުތަކެކެވެ. މި ތަމްރީނުތަކުގައި އައު ބާވަތެއްގެ މިސައިލެއް ތަޖްރިބާ ކުރެވުވެނެވެ.

ޔުކްރޭނަށް ދާ ކަނޑުގެ އުޅަނދުތަކަކީ ރަޝިޔާއާ ދުޝްމަނު އުޅަނދުތަކެއް ކަމުގައި ބަލައި އެ އެއްޗެއްސަށް ޙަމަލާ ދޭނެކަމަށް ރަޝިޔާއިން އިންޒާރު ދިނުމާ ވިދިގެން ޔުކްރޭނުންވެސް އިންޒާރެއް ދީފިއެވެ. ޔުކްރޭން ބުނިގޮތުގައި ރަޝިޔާއަށް ދަތުރުކުރާ އުޅަނދުތަކަކީ ދުޝްމަނު އެއްޗެހި ކަމަށް ބަލައި އޭއްޗެއްސަށް ޔުކްރޭނުން ޙަމަލާދޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *