ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ތުރުކީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އަންކަރާއިން މިއަދު ހާމަކޮށްފިއެވެ.
ތުރްކީގެ ރައީސް އުރްދުޣާންގެ ދަޢުވަތަކަށް ރައީސް ޢައްބާސް އަންކަރާއަށް ވަޑައިގަންނަވާނީ މި މަހު 25ވަނަ ދުވަހުއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ އަންކަރާއަށް ވަޑައިގަންނަވާނީ މި މަހުގެ 28ވަނަ ދުވަހުއެވެ.
ތުރްކީގެ ރައީސް އޮފީހުން ބުނާގޮތުގައި ޢައްބާސާއި ނަތަންޔާހޫއާއެކު ރައީސް އުރްދުޣާން ބަޙުސް ކުރައްވާނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްއަލަތަކާ ބެހޭގޮތުންނެވެ.
ތުރްކީގައި ޢައްބާސާއި ނަތަންޔާހޫ ބައްދަލުކުރައްވާނެ ކަމެއް ނޭނގެއެވެ. އެކަމާ ބެހޭގޮތުން އަންކަރާއިން އެއްޗެއް ނުބުނެއެވެ.



advertisment