ހއ. ތުރާކުނު ފުޓުބޯޅަ ދަނޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައި ދެއްވައިފިއެވެ.
ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓަރފް އަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ދަނޑެކެވެ. މި މަސައްކަތް ކޮށްފައި ވަނީ، މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.
ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރާކުނުގައި މި ސަރުކާރުން ޤާއިމްކޮށްދެއްވި ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސް ހުޅުއްވައިދެއްވައިފައެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގައިފައެވެ.



advertisment