Support Us

މުސާފިރީން އުމްރާ ގްރޫޕުގެ ބައިވެރިން މާތްވެގެންވާ ގެފުޅުކައިރީގައި ތޮވާފުކުރަނީ

މުސާފިރީން ގްރޫޕުން ފުރަތަމަ އުމްރާގެ ކަންތައް ފުރިހަމަކޮށްފި

މުސާފިރީން އުމްރާ ގްރޫޕުގެ ހަވާލުގައި ބޮޑު ޗުއްޓީ އުމްރާއަށް އިއްޔެ ފުރި މީހުން، ރޭ ފަތިހު މައްކާއަށް ގޮސް، އުމްރާގެ ކަންކަން ފުރިހަމަކޮށްފިއެވެ.

ޖުމްލަ 150 މީހުންނާއެކު މުސާފިރީން ގްރޫޕު ސައުދީ އަރަބިޔާއަށް ފުރީ އިއްޔެ ހަވީރުއެވެ. ރޭގައި ވެރިރަށް ރިޔާޒުގައި މަޑުކޮށްފައި ޖިއްދާއަށް ދިޔައީ ފަތިހުއެވެ. މައްކާ އަށް ގޮސް އުމްރާގެ ހުރިހައި ކަމެއް ނިމުނީ މެންދުރުފަހުއެވެ.

"ٱلْحَمْدُ لِلَّٰهِ. މިކޮޅުގައި ހުރިހާ ކަމެއްވެސް ވަރަށް އޮމާންކޮށް ދަނީ. ފުރަތަމަ އުމްރާގެ ހުރިހައި ކަމެއް މިހާރު ނިމިއްޖެ،" ސައުދީއަށް ދިޔަ މުސާފިރީން ޓީމުގެ ވެރިޔާ އިސްމާއިލް މާޒިން މައްކާގައި ހުރެ ވާހަކަ ދައްކަމުން މިއަދު މެންދުރުފަހު ބުންޏެވެ.

މުސާފިރީން ގްރޫޕުން ރާވައިފައި ވަނީ ދެ ހަފުތާގެ މި ދަތުރުގައި ހަތަރު އުމްރާ ކުރާ ގޮތަށެވެ.

މާޒިން (މ) މުސާފިރީން އުމްރާ ގްރޫޕު ގޮވައިގެން ހަރަމްފުޅަށް ދަނީ…

މުސާފިރީން ގްރޫޕުގެ ދަތުރު ހަމަޖެހިފައިވާ ގޮތް

18 ޖުލައި: އުމްރާ 1

20 ޖުލައި: މައްކާ ޒިޔާރަތް އަދި އުމްރާ 2

23 ޖުލައި: ތާއިފަށް ޒިޔާރަތްކުރުން އަދި އުމްރާ 3

25 ޖުލައި: ޖިއްދާ ދަތުރު

26 ޖުލައި: މީޤާތަށް ދިއުން އަދި އުމްރާ 4

27 ޖުލައި: މަދީނާ އަށް ޒިޔާރަތްކުރުން

28 ޖުލައި: މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން

31 ޖުލައި: މާލެ އައުން

މުސާފިރީން އުމްރާ ގްރޫޕުގެ ބައިވެރިން މާތްވެގެންވާ ގެފުޅުކައިރީގައި ތޮވާފުކުރަނީ

ދެހާސް ސާދަ ވަނަ އަހަރު އުމްރާ ދަތުރުތައް ފެށި މުސާފަރީން ގްރޫޕަކީ ރާއްޖޭގައި އުމްރާ ދަތުރުގެ ހިދުމަތްތައް އެންމެ ރަނގަޅު އެއް ގްރޫޕެވެ. ދިވެހި ކެއުމާއެކު އުމްރާވެރީން ބައިތިއްބައިފައި ތިބެނީ ވެސް ހަރަމްފުޅާ މާ ދުރު ނޫން ހޮޓަލެއްގައެވެ.

މުސާފަރީން ގްރޫޕު ނޫނަސް ރާއްޖޭގެ އެހެން ގްރޫޕްތަކުން ވެސް، މި ދުވަސްވަރު ގެންދަނީ އުމްރާ ދަތުރުތައް ބާއްވަމުންނެވެ. މިގޮތުން މި ވަގުތުވެސް ދެތިން ގްރޫޕަކުން މައްކާގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިއަދު ވެސް ވަނީ ބައެއް ގްރޫޕުތައް މާލެއިން ފުރައިފައެވެ. އަދި އިތުރު ގްރޫޕުތައް މި ހަފުތާތެރޭގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *