Support Us

ކްރެމިޔާ ފާލަމަށް ޙަމަލާދިނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބައިވެރިވުމާއެކު: ރަޝިޔާ

ކްރެމިޔާ ފާލަމަށް ޙަމަލާދިނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބައިވެރިވުމާއެކު ކަމަށް ރަޝިޔާ އިން ބުނެފިއެވެ.

ކްރެމިޔާ ފާލަމުގެ ޙާލަތާ ބެހޭގޮތުން ރައީސް ޕޫޓިން މި ރޭ ޚާއްޞަ ބައްދަލުވުމެއް ބާއްވަވާނެ ކަމަށް މޮސްކޯއިން ބުނެއެވެ. ރޭ ކްރެމިޔާ ފާލަމަށް ކަނޑުގެ ދެ ޑްރޯނަކުން ޙަމަލާދީފައިވާ ކަމަށް މޮސްކޯ މިހާރު ވަނީ އެއްބަސްވެފައެވެ. ޔުކްރޭންގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ މި ކަމުގެ ޒިންމާ ވެސް އުފުލައިފައެވެ. މި ޙަމަލާގެ ސަބަބުން މި ފާލަން ވަގުތީ ގޮތުން ވަގުތުކޮޅަކަށް ބަންދުކުރަން ވެސް ޖެހުނެވެ. 

ކްރެމްލިނުން ބުނިގޮތުގައި މި ޙަމަލާ ދީފައިވަނީ ކިޔީވާއި ޔޫރަޕްގެ ވެރިރަށްތަކާއި ނޭޓޯގެ ފުން ވިލަރެސްކުރުމާއެކުގައެވެ. ކްރެމްލިން ބުނާގޮތުގައި ވާހަކަދެއްކުމުގެ ދޮރު ހުޅުވައިފައި ބާއްވަންޖެހޭތީ ވޮޝިންގްޓަނާއި ލަންޑަނާއެކު ސިޔާސީ ގުން ކަނޑައިލުމާމެދު މޮސްކޯ ނުވިސްނައެވެ.

ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވި ގޮތުގައި ފާލަމަށް ޙަމަލާދިނީ "ކިޔީވްގެ ނިރުބަވެރި ނިޒާމުންނެވެ." ފާލަމަށް ޙަމަލާދިނުމުގެ ޤަރާރު ކަނޑައެޅީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބައިވެރިވުމާއެކު ޔުކްރޭނުގެ މަސްއޫލުވެރިންނެވެ.

ކްރަސްނޮޑާރު ސަރަހައްދުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި ކިޔީވްގެ ޙަމަލާގެ ސަބަބުން ދެ މީހުން މަރުވެ އިތުރު މީހަކު ޒަޚަމުވިއެވެ. 

ރޫސީ އިއްތިޙާދުގެ މަޖިލީހުގެ ބައިނަލްއަޤްވާމީ ކޮމެޓީގެ ރައީސް ވިދާޅުވާގޮތުގައި ކިޔީވުން މިހާރު ކޮންނަމުން އެ ދާ ފުންވަޅުގަނޑަށް ކިޔީވް ވަރަށް އަވަހަށް ވެއްޓިގެން ދާނެއެވެ.  

 ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ރަޝިޔާގެ ކޮމެޓީން ހާމަކުރި ގޮތުގައި ރޭ މި ފާލަމަށް ޙަމަލާދީފައި ވަނީ ކަނޑުގެ ދެ ޑްރޯން އުޅަނދު ބޭނުންކޮށްގެންނެވެ. މި ކަމަށް މަސްއޫލުވާން ޖެހޭ ފަރާތަކީ ޔުކްރޭންގެ ޚާއްޞަ ބާރެވެ. މި ކޮމެޓީ ބުނިގޮތުގައި އެ ކޮމެޓީން މިހާރު ވަނީ ޖިނާއީ ތަޙްޤީޤުތައް ފަށައިފައެވެ.

ރަޝިޔާގެ ރިޔާނޮވޮސްޓީ ނޫސް އޭޖެންސީ ބުނާގޮތުގައި މި  ޙަމަލާގެ ސަބަބުން ފާލަން މަގުގެ ތަންކޮޅެއް ވަނީ ހަލާކުވެފައެވެ. އެހެނަސް ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީ ބުނާގޮތުގައި  ފާލަންމަތިން ކުރާ ރޭލު ދަތުރުތައް މިހާރު ވަނީ ފަށައިފައެވެ. މި ޙަމަލާގެ ސަބަބުން ފާލަމުގެ އެއްވެސް ތަނބަކަށް ގެއްލުން ނުލިބޭ ކަމަށް މި ނޫސްއޭޖެންސީ ބުންޏެވެ. ގެއްލުން ލިބިފައިވަނީ ކަނޑު މަގުން ކްރެމިޔާއަށް އަރާ ހިސާބުގެ ބަޔަކަށް ކަމަށް ވެސް މި ނޫސް އޭޖެންސީން ބުންޏެވެ.  

ޔުކްރޭންގެ ރިވާޔަތް

ޔުކްރޭނުން ބުނާގޮތުގައި ރޭ މި ފާލަމަށް ދިން ޙަމަލާއަކީ ޔުކްރޭންގެ ކަނޑުގެ ބާރުތަކާއި ސަލާމަތީ ބާރުތައް ގުޅިގެން ތަންފީޒު ކުރި ޚާއްޞަ ޢަމަލެކެވެ. ޔުކްރޭންގެ ސަލާމަތީ ބާރުތައް ބުނިގޮތުގައި ޑްރޯނުން މި ފާލަމަށް ޙަމަލާދޭން ޖެހުނީ އެހެން ގޮތަކުން މި ފާލަމަށް ޙަމަލާދެވެން ނެތިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *