Support Us

ރަޝިޔާ އަތުގައި ހުރިހާ ބާވަތެއްގެ ކޯޅި ހަތިޔާރު އެބަހުރި: ޕޫޓިން

ފުދޭ މިންވަރަކަށް ރަޝިޔާ އަތުގައި ކޯޅިބޮން ގުދަންކޮށް ރައްކައުކޮށްފައި އެބަހުރި ކަމަށް ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވިގޮތުގައި ރޫސީ ސިފައިންނާ ދެކޮޅަށް ކޯޅިބޮން ބޭނުންކޮށްފިނަމަ ރަޝިޔާއިން ހަމަ އެ ފަދަ ބޮމުން ޔުކްރޭނަށް ރައްދުދޭނެއެވެ. ޕޫޓިން ވިދާޅުވިއެވެ. "އަދި އަހުރެމެން އެ ހަތިޔާރުގައި އަތެއް ނުލަމެވެ. އެކަމަށް ބޭނުންނުވާތީއެވެ."

އެމެރިކާއިން ޔުކްރޭނަށް ކޯޅި އެމިޔުނިޝަން ދިނުމާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރޫސީ ރައީސް ވިދާޅުވިއެވެ. "އެމީހުން އެކަން އެ ކުރަނީ އެމިޔުނިޝަންކޮޅު މަދުވަމުންދާތީ އެހެން ގޮތެއް ނެތިގެންނެވެ."  

ސްޕުޓްނިކް ނޫސްއޭޖެންސީގެ ނޫސްވެރިއަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވިއެވެ. "އެމެރިކާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކޯޅި އެމިޔުނިޝަން ބޭނުންކުރުމަކީ ޖަރީމާއެކެވެ. އެކަން އޮންނަންޖެހޭނީ އެ ގޮތަށެވެ."

ޕޫޓިން ވިދާޅުވިއެވެ. "މިތާނގައި ބުނަން ބޭނުންވާ އެއް ވާހަކައަކީ ރަޝިޔާ އަތުގައި ފުދޭ މިންވަރަށް ތަފާތު ބަވަތްތަކުގެ ކޯޅި އެމިޔުނިޝަންތައް އެބަހުށްޓެވެ."

ރައީސް ޕޫޓިންގެ ކުރިން ކެރެމްލިނުންނާއި ރޫސީ ދިފާޢި ވަޒީރު ވަނީ މިފަދަ ބަޔާންތަކެއް ދެއްވައިފައެވެ. މި މަހު 12ވަނަ ދުވަހު ކްރެމްލިނުން ބުނިގޮތުގައި ވޮޝިންގްޓަނުން ކިޔީވަށް ދިން ކޯޅިއެމިޔުނިޝަންތައް ބޭނުންކޮށްފިނަމަ އެ ފަދަ ހަތިޔާރު ބޭނުންކުރަން ރަޝިޔާއަށް ވެސް މަޖްބޫރުވާނެއެވެ. ކްރެމްލިންގެ  ތަރްޖަމާން ބިސްކޯވް ވިދާޅުވިއެވެ. "ކިޔީވުން މި ހަތިޔާރު ބޭނުންކޮށްފިނަމަ ޙާލަތު ބަދަލުވެގެންދާނެއެވެ. ރައްދުދިނުމަށް ޓަކައި އަހުރެމެންނަށް އެ ހަތިޔާރުގައި އަތްލަން މަޖްބޫރުވެގެންދާނެއެވެ." މީގެ އެއްދުވަސް ކުރިން ރޫސީ ދިފާޢީ ވަޒީރު ޝްވިގޯ ވިދާޅުވިއެވެ. "އެމެރިކާއިން ޔުކްރޭނަށް ކޯޅި އެމިޔުނިޝަން ދީފިނަމަ ރޫސީ ޢަސްކަރިއްޔާއަށް އެ ހަތިޔާރަށް ރައްދު ދިނުމަށް ޓަކައި ހަމަ އެ ހަތިޔާރުގައި އަތްލަން މަޖްބޫރު ވާނެއެވެ."

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އަތުގައި ހުރި ކޯޅި ހަތިޔާރުތައް މާ ބާރުގަދަވެފައި ކުރުންތެރިވާނެއެވެ. އަދި އެމެރިކާ ހަތިޔާރަށްވުރެ ރޫސީ ހަތިޔާރުގެ ރާސްތާ ވެސް މާ ދުރުވާނެއެވެ. އަދި މާ ފުޅައު ވެސް ވާނެއެވެ. އަދި ރަޝިޔާ އަތުގައި ހުރި ހަތިޔާރުގެ ބާވަތްތައް މާ ސިންދަފާތު ވެސް ވާނެއެވެ."  

ވަޒީރު ޝްވިގޯ ވިދާޅުވި ގޮތުގައި ރަޝިޔާ އަތުގައި ހުރި ކޯޅި ބޮންތައް "ހުރިހާ މުނާސަބަތަކަށް" އެކަށިގެންވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއިން މި ހަތިޔާރު ބޭނުންކުރުމާ ދުރަށް ޖެހިފައިވަނީ އޭގެ ސަބަބުން ޢާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ބޮޑުވާނެތީއެވެ.

މިއަދު ރޫސީ މީޑިޔާތައް ޚަބަރުދިން ގޮތުގައި ޔުކްރޭންގެ ހުޅަނގު ދެކުނުގައި އޮންނަ ލޮގަންސްކް ސަހަރަށް ޔުކްރޭން ސިފައިން ދިގު ރާސްތާ ކޯޅި ހަތިޔާރުން ޙަމަލާއެއް ވަނީ ދީފައެވެ.  

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *