ޔުކްރޭނުގައި އުފައްދައިފައިވާ ހަތިޔާރުން ރަޝިޔާގެ އެތެރެއަށް ފުނަށް ޙަމަލާދެއްވާނެކަމުގެ އިންޒާރު ޔުކްރޭންގެ ސިފައިންގެ ޢާންމު ވެރިޔާ ޖެނެރަލް ވެލަރީ ޒަލޮޖެނީ ދެއްވައިފިއެވެ.
ޒަލޮޖެނީ ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫހާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ރަޝިޔާގެ އެތެރެއަށް ވަދެ ހަނގުރާމަ ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ކަމުގައި ޔުކްރޭން ސިފައިން ބޭނުންކުރާނީ ހުޅަނގުގެ ހަތިޔާރު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ އޭނާ ވިދާޅުވި ގޮތުގައި މި ކަން އޮންނާނީ ޙާލަތު ނިޔާކުރާ ޒުރޫފެއްގެ މަތީގައެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނުގެ ހުޅަނގުގެ އެކުވެރިން އެމީހުންގެ ހަތިޔާރު ރަޝިޔާގެ އެތެރޭގައި ބޭނުންކޮށްފާނެތީ ވަރަށް ބިރުގަނެއެވެ.
ކިޔީވުން މިހާރުވެސް ރަޝިޔާގެ އެތެރޭގެ ތަންތަނަށް ޙަމަލާތައް ދެމުންދާކަން ފާހަގަކުރެވެއެވެ. އެހެނަސް މިއީ ކިޔީވް ރަސްމިކޮށް އިޢުލާންކޮށްފައިވާ ކަމެއް ނޫނެވެ.
އަނެއްކޮޅުން ސީއެންއެން ބުނާގޮތުގައި އެމެރިކާއިން ޔުކްރޭނަށް މިދިޔަ ހުކުރުދުވަހު ކޯޅިބޮން ފޮނުވައިފިއެވެ. މި ބޮންތައް ފޮނުވީ ޔޫރަޕްގެ ގުދަންތަކުން ކަމަށް ސީއެންއެން ބުންޏެވެ.
އިތުރު ސިފައިން މައިދާނަށް
އަނެއްކޮޅުން ރޫސީ ދިފާޢީ ވުޒާރާ ރޭ ބުނިގޮތުގައި މި ދިޔަ ރަބީޢުގައި ސިފައިންގެ ޚިދްމަތަށް ގެނައި ސިފައިންގެ ތެރެއިން 147 ހާސް ސިފައިން ތަމްރީން ދިނުމަށްފަހު ހަނގުރާމައިގެ މައިދާނަށް ވަނީ ފޮނުވައިފައެވެ. އެމީހުންނަށް އެންމެ ޒަމާނީ ހަތިޔާރު ބޭނުންކުރަން އެނގޭނެ ކަމަށް ވެސް ރޫސީ ވުޒާރާއިން ބުންޏެވެ.
ރަޝިޔާއިން ބުނާގޮތުގައި ކްރެމިޔާ ސަރަޙައްދަށް މިއަދު ހެދުނު ޔުކްރޭނުން ޑްރޯން ޙަމަލާއެއް ދޭން މަސައްކަތްކުރިއެވެ. ރަޝިޔާގެ ވަޔާއި ކަނޑުގެ ދިފާޢުތަކުން މި ޙަމަލާތަކަށް ހުރަސްއެޅިއެވެ. ސިވާސްޓިޕޯލްގެ ގަވަރނަރު މީޚާއީލް ރަޒަވޯޒާއީވް ހާމަކުރެއްވި ގޮތުގައި މި ޙަމަލާގެ އަމާޒަކީ ސިވާސްޓިޕޯލް ސަހަރުގެ ކަނޑުގެ ބަނދަރާއި އެ ސަހަރުގެ ދެ ސަރަޙައްދެކެވެ.
ކޮރެޔާގެ އެހީ
އަނެއްކޮޅުން ދެކުނު ކޮރެޔާގެ ރައީސް ޔުން ސުކް އިއްޔެ ކިޔީވްގައި ރައީސް ޒިލެންސްކީއާ ބައްދަލުކުރެއްވުމަށް ފަހު ހާމަކުރެއްވި ގޮތުގައި ސޯލުން ޔުކްރޭނަށް އެހީގެ ބޮޑު ޕާރުސަލެއް ދޭނެއެވެ. މި ޕާރުސަލުގައި ހިމެނޭނީ ސަލާމަތީ ބާރުތަކާއި އިންސާނީ އެހީތަކާއި ޔުކްރޭން އަލުން ބިނާކުރުމަށް ބޭނުންވާ އެހީއެވެ. އޭނާ ވިދާޅުވި ގޮތުގައި ދެކުނު ކޮރެޔާއިން ދޭ އިންސާނީ އެހީ 100 މިލިއަނުން 150 މިލިއަނަށް މިއަހަރު އިތުރުވާނެއެވެ.



advertisment