"ޙައްދުފަހަނަޅައިފައިވާ އިސްލާމްދީނާ ހެދި މުޞްޙަފު އެންދުމަށް ޢުޒުރު ދެއްކިދާނެ" ކަމަށް އިސްރާއީލުގެ ޙައްދުފަހަނަޅައިފައިވާ ސަލާމަތީ ވަޒީރު އީތުމާރު ބިން ޣަފީރު ބުނެފިއެވެ. އެހެނަސް އޭނާ ބުނި ގޮތުގައި "ޚިޔާލުފާޅުކުރުމުގެ ފަރުދާގެ ނިވާފަތްގަނޑުގެ ދަށުން ތައުރާތެއް ނޭންދޭނެއެވެ. އެއީ ސާމިއްޔަތާ (ސެމިޓިޒަމް) އާ އިދިކޮޅު ކަމެކެވެ." އޭނާ ބުންޏެވެ. "ސްވިޑްންގައި ހުންނަ އިސްރާއީލު އެންބެސީ ކުރިމަތީގައި ތައުރާތު އެންދުމުގެ ހުއްދަ ސްވިޑްންގެ ފުލުހުން ދީފައިވާ ކަން މަށަށް އެނގުމުން މަށަށް ވަރަށް ބޮޑަށް ސިހުން ލިބުނެވެ."
އޭނާ ބުންޏެވެ. "އިސްރާއީލުގެ މުޤައްދަސާތުތަކަށް ގެއްލުންދިނުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫނެވެ. އެއީ ސާމިއްޔާތާ ދުޝްމަނުވުމެވެ."
އިސްރާއީލުގެ ޚާރިޖީ ވަޒީރު އިލީ ކޯހެން ވިދާޅުވިގޮތުގައި ޙައްދުފަހަނަޅައިވާ މީހަކާ ދެކޮޅަށް ސްވިޑްން ސަރުކާރުން ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ. އިސްރާއީލުގެ މުޤައްދަސް ފޮތް އެންދިޔަދީގެން ނުވާނެއެވެ. " އޭނާ އިތުރަށް ވިދާޅުވިއެވެ. އަހުރެމެންގެ އެދުމަށް އިޖާބަނުދީފިނަމަ އަހުރެމެންގެ ސަފީރު ގެންނާނަމެވެ."
އިސްރާއީލުގެ ހަކަތަޔާ ބެހޭ ވަޒީރު އިސްރާއީލު ކެޓްސް ވިދާޅުވިއެވެ. "ލިބަރަލިޒަމްގެ ނަމުގައި އަހުރެމެންގެ ދީނުގެ މުޤައްދަސް ފޮތް އެންދިގެން ނުވާނެއެވެ. އެއީ ޔަހޫދީންނަށް އިހާނެތިކޮށް ހިތުމެކެވެ. އެއީ ސާމިއްޔަތާ އިދިކޮޅު ޢަމަލެކެވެ. ޔަހޫދީންނަށް ގޯނާކުރުމުގެ މަސްއޫލިއްޔަތު ސްވިޑްން ސަރުކާރުން ތަޙައްމުލުކުރަން ޖެހޭނެއެވެ."



advertisment