Support Us

އިދިކޮޅު ޙަމަލާތައް ބާރަށް ކުރިއަރަމަކުން ނުދޭ: ޔުކްރޭން

 ޔުކްރޭން ސިފައިން ފަށައިފައިވާ އިދިކޮޅު ޙަމަލާތައް ބާރަށް ކުރިއަރަމުން ލަޑުދަނޑި ޙާޞިލްކުރަމުން ނުދާކަމަށް ޔުކްރޭންގެ ރިޔާސަތުން ބުނެފިއެވެ. ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ޑްރޯން ޙަމަލާތަކާއި ބޮޑުބަޑީގެ ޙަމަލާތައް ބަދަލުކުރެވެމުންދާ ކަމަށް ވެސް ޔުކްރޭނުން ބުންޏެވެ.

ޔުކްރޭންގެ ރިޔާސީ އިދާރާގެ ވެރިޔާ އެންޑްރޭ ޔަރްމަކު ވިދާޅުވި ގޮތުގައި ރަޝިޔާއިން ދަނީ ކިޔީވްގެ އިދިކޮޅު ޙަމަލާތައް މަތަކުރަމުންނެވެ. އެހެންވެ މި ޙަމަލާތަކަށް ބާރު ކުރިއެރުމެއް ނުލިބެއެވެ.

އޭނާ ނޫސްވެރިންނާ ބައްދަލު ކުރައްވާ ހާމަކުރެއްވި ގޮތުގައި  ހުޅަނގުގެ އެކުވެރިން މި ކަމުގައި އަޅުގަނޑުމެންގެ މައްޗަށް އެއްވެސް ފިއްތުންތަކެއް ނުފިއްތައެވެ. 

އޭނާ ވިދާޅުވި ގޮތުގައި ރޫސީ ސިފައިން ޔުކްރޭންގެ ބިންތަކުން ފޭބުމުގެ ކުރިން ޞުލްޙަޔާ ބެހޭގޮތުން ވާހަކަދެއްކުމެއްވ ނޯންނާނެއެވެ.  

އަނެއްކޮޅުން ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޒަބަރޯޖިޔާއާއި ޑޮނެޓްސްކްގައި ހުރި ޔުކްރޭން ސިފައިންގެ ކޮންޓްރޯލް މަރްކަޒުތަކާއި އުނދަނައިގެ ގުދަންތަކެއް ރޭ ރޫސީ ސިފައިން ހަލާކުކޮށްލައިފިއެވެ. އެ ވުޒާރާގެ ތަރްޖަމާނު ކޮނަޝިންކޯވް ވިދާޅުވާ ގޮތުގައި ޑޮނެޓްސްކް ނާރެހުގައި އެކަނިވެސް އިއްޔެ ރޫސީ ސިފައިން ޔުކްރޭން ސިފައިން 16 ޙަމަލާ މަތަކުރިއެވެ.

އަރާރުން

އަނެއްކޮޅުން ބަލާއިރު ޖަކާޓާގައި ބޭއްވެމުންދާ އާސިޔަންގެ ބައްދަލުވުމުގެ ހަވާސާމަތީގައި ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ޖަދަލުތައް ބަދަލުކުރެވިފައިވާ ކަމަށް ޔޫރްޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ  ވިލަރެސްވެރިޔާ ޖޯޒިޕް ބޮރެލް  ވިދާޅުވެއްޖެއެވެ. 

ބޮރެލް މި ބައްދަލުވުމުގައި ރޫސީ ސިފައިން ޔުކްރޭނުން ބޭލުމަށް ގޮވައިލެއްވުމުން ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވަރަށް ހޫނުކޮށް ރައްދުދެއްވިކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރު ހިނގަމުންދާ ހަނގުރާމައަކީ ހުޅަނގުގެ މުއާމަރާއެއް" ކަމަށް ލެވްރޯވް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާނެއެވެ.

މި ކޯޅުން ހިނގީ ސަލާމަތީ ބައްދަލުވުމެއްގެ ތެރޭގައިކަމަށް ބޮރެލް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި އެމެރިކާއާއި ޗައިނާއާއި ޖަޕާނުވެސް ބައިވެރިވިއެވެ. 

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވި ގޮތުގައި ރަޝިޔާ މިހާރު އޮތީ ވަރަށް ބަލިކަށިވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ލިޓްވޭނިޔާގައި ނޭޓޯ އެއްބަސްވިގޮތަށް ކަންތައްތައް އެތައް އަހަރަކަށް ކުރިއަށް ދާނެއެވެ. އަދި ޔުކްރޭންގެ ސިޔާސީ މުއައްސަސާތައް ވަރުގަދަކުރުމަށް  ނޭޓޯއިން ފިޔަވަޅު އަޅާނެއެވެ. 

ބްލިންކެން ވިދާޅުވިއެވެ. "ލެވްރޯވްގެ ފަރާތްޕުޅުން އިވުނު ބަސްތަކަކީ ބިނާކުރަނިވި އަދި އުފެއްދުންތެރި ބަސްތަކެއް ނޫނެވެ." އޭނާ ވިދާޅުވި ގޮތުގައި ލެވްރޯވްގެ ސިފަކުރެއްވުމަކީ ހިނގަމުންދާ ކަންތައްތަކުގެ ރަނގަޅު ތަޞްވީރެއް ނޫނެވެ. 

ހަނގުރާމައިގެ މައިދާން

  އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ރޫސީ ވައިގެ ދިފާޢުތަކުން ރޭ ވަނީ ހައިމާރިސް ނުވަ ރޮކެޓާއި ޔުކްރޭންގެ 14 ޑްރޯން ވައްޓައިލައިފައެވެ. ރަޝިޔާގެ ޢަސްކަރީ ރީބާރު ސަފްޙާ ބުނާގޮތުގައި ރޫސީ ސިފައިން ދަނީ ދެކުނު ބަޚްމޫތު ސަރަޙައްދުގައި އެމީހުންގެ ބާރު އިތުރަށް ވަރުގަދަކުރަމުން އިތުރަށް ފުޅައުކުރަމުންނެވެ. މި ޞަފްޙާ ބުނާގޮތުގައި ރޫސީ ސިފައިންގެ ފައުޖުތައް ޚާރްކޭވް ސަރަޙައްދުގައި  ދަނީ ކުރިއަރަމުންނެވެ. 

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ކޯރަސްކް ސަރަޙައްދުގައި ހުންނަ ނިޔްކްލިއަރ އިސްޓޭޝަނާ އެތައް ކީލޯމީޓަރެއް ކައިރި ހިސާބަކަށް ޔުކްރޭންގެ ޑްރޯނެއް ވަނީ ވައްޓައިލެވިފައެވެ. ކްރެމްލިން ބުނާގޮތުގައި "ދުޝްމަނުން ޙަމަލާތައް ދިނުން ހުއްޓައެއް ނުލައެވެ.ރޫސީ ދިފާޢުތައް ވަރަށް ކުރުންތެރިކަމާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *