Support Us

ސްވިޑްން ނޭޓޯއަށް ވެއްދޭނީ ތުރްކީ ޔޫރަޕްގެ އިއްތިޙާދަށް ވެއްދުމުން

ސްވިޑްން ނޭޓޯއަށް ވައްދަން އަންކަރާއިން ޤަބޫލުވާނީ ޔޫރަޕްގެ އިއްތިޙާދަށް ތުރްކީ ވަނުމަށް ބޭނުންވާ މަގުފަހިކޮށްދިނުމުން ކަމަށް ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މިއަދު ވިދާޅުވެއްޖެއެވެ.

އުރްދުޣާން ވިދާޅުވިއެވެ. "ޔޫރަޕްގެ އިއްތިޙާދަށް ތުރްކީއަށް ވަނުމަށް އެންމެ ފުރަތަމަ މަގުތަނަވަސްކޮށްދޭށެވެ. އޭރުން ފިންލެންޑަށް ނޭޓޯއަށް ވަނުމަށް މަގުތަނަވަސްކޮށްދިން ގޮތަށް ސްވިޑްނަށް ވެސް މަގުތަނަވަސްކޮށްދޭނަމެވެ. ނޭޓޯގެ ސަމިޓްގައި ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ތުރްކީއަށް ލިބުމާބެހޭ ގޮތުން އަހުރެމެން ލަފާކުރާ ގޮތްތައް ނޭޓޯގެ ޒަޢީމުންނަށް ތުރްކީން ހުށައަޅާނެއެވެ."

ލިޓްވޭނިޔާގައި ބޭއްވޭ ނޭޓޯ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަންނަވަމުން ނޫސްވެރީންނަށް އުރްދުޣާން ވިދާޅުވިއެވެ. "އެންމެ ފުރަތަމަ ޔޫރަޕްގެ އިއްތިޙާދަށް ތުރްކީ ވަނުމަށް މަގުފަހިކޮށްދޭށެވެ! އޭރުން ފިންލަންޑަށް ނޭޓޯއަށް ވަނުމަށް މަގުކޮށައިދިން ގޮތަށް ސްވިޑްނަށް ނޭޓޯއަށް ވަންނަން އަހުރެމެން މަގު ކޮށައިދޭނަމެވެ."

އުރްދުޣާން ވިދާޅުވިއެވެ. "ސްވިޑްނަށް ނޭޓޯއަށް ވަދެވޭނީ މެޑްރިޑްގައި އެއްބަސްވެވުނު ކަންތައްތައް ތަންފީޒުކުރީމައެވެ. ސްޓޮކްހޮލްމު ނޭޓޯއަށް ވަނުމުގެ މަސްއަލައިގައި އެންމެ ފަހުބަސް ބުނާނީ ތުރްކީގެ ބަރްލަމާނުންނެވެ."

ތުރްކީގެ ރައީސް ވިދާޅުވިއެވެ. "ތުރްކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައިވާ ޤައުމުތަކުން މި ފިޔަވަޅުތައް އުވައިލުމަށް އޭނާ ނޭޓޯ ސަމިޓްގައި ގޮވައިލައްވާނެއެވެ.

އޭނާ ވިދާޅުވިއެވެ. "މިއީ ވަރަށް ބޮޑު ކުށް ފިޔަވަޅެކެވެ. މި ފިޔަވަޅު ވަނީ އުވާލަންޖެހިފައެވެ."

ޔުކްރޭން ނޭޓޯއަށް ވެއްދުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވިއެވެ. "އިންސާފުވެރި ގޮތެއްގައި ވަރަށް އަވަހަށް ޔުކްރޭން ހަނގުރާމަ ނިމުމަކަށް އަންނާނެކަމަށް އުންމީދު ކުރައްވަމެވެ. ޔުކްރޭން ނޭޓޯއަށް ވަނުމަށް ދޮރު ހުޅުވޭނީ އޭރުންނެވެ."

އާދީއްތަ ދުވަހު ރައީސް އުރްދުޣާން އެމެރިކާގެ ރައީސް ބައިޑްނާ ފޯނުން ގުޅުއްވާ ތުރްކީ ޔޫރަޕްގެ އިއްތިޙާދަށް ވަނުމުގެ މަސްއަލައާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ރައީސް ބައިޑްން ވިދާޅުވިގޮތުގައި އެއީ އެ ދެ ފަރާތުގެ މަސްއަލައެކެވެ. ތުރްކީ މި އިއްތިޙާދަށް ވެއްދުމަކީ ވޮޝިންގްޓަން އެދޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *