Support Us

ޒިލެންސްކީ ނޭޓޯގެ ކިބައިން ސަލާމަތީ ޖާމިނުވުންތަކަށް އެދިވަޑައިގަތްފި

ނޭޓޯގެ މިއަންނަ ސަމިޓުން ޔުކްރޭނަށް ސަލާމަތީ ޖާމިނުވުންތައް ދިނުމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ އެދިވަޑައިގަތްފިއެވެ.

އޭނާ އޭބީސީ ނިވްޒަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "ނޭޓޯ ސަމިޓަކީ ވަރަށް މުހިއްމު ބައްދަލުވުމެކެވެ. ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ މަސްއަލައިގައި އިއްތިފާޤެއް ނެތްނަމަ ޔުކްރޭނަށް ދަޢުވަތު ދިނުމުގައި ސިޔާސީ އެއް ވިސްނުމެއް އޮންނަން ޖެހޭނެއެވެ."

ޔުކްރޭންގެ ނޫސް އޭޖެންސީ ޔުކްރޭންފޯމް ރައީސް ޒިލެންސްކީއާ ޙަވާލާދީ ބުންޏެވެ. "ރަޝިޔާދެކެ ނޭޓޯ ބިރުނުގަންނަކަން ހާމަކުރަން ޖެހޭނެއެވެ. ނޭޓޯއަށް ޔުކްރޭން ނުވައްދާނަމަ ސާފު ބަހުން ޔުކްރޭނަށް ސަލާމަތީ ޖާމިނުވުންތައް ލިބެންޖެހޭނެއެވެ." އޭނާ އިތުރަށް އޭނާ ކަށަވަރުކުރައްވައި ވިދާޅުވިއެވެ. "މިއީ ޔުކްރޭނަށް ވަރަށް މުހިއްމު ނުކުތާއެކެވެ." ޖަރްމަނު ނޫސްއޭޖެންސީ ޒިލެންސްކީއާ ޙަވާލާދީ ބުންޏެވެ. "މިހާރުގެ ޙާލަތަށް ބަލާއިރު ބައްދަލުވުން ފައިދާހުރި ކަމަކަށް ވާނީ އޭރުންނެވެ. އެހެން ނޫނީ އެކަން ވާނީ އެހެން ސިޔާސަތަކަށެވެ."

ޔުކްރޭން ނޭޓޯއަށް ވެއްދުމުގެ މަސްއަލައިގައި އެމެރިކާއާއި ޖަރްމަނު ދެކޮޅުހަދައެވެ. އެމެރިކާ ބުނާގޮތުގައި މި ވަގުތު ޔުކްރޭން ނޭޓޯއަށް ވައްދައިފިނަމަ ނޭޓޯ ވާނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރާ ޖަމާޢަތަކަށެވެ. މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

އަނެއްކޮޅުން ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައއެ ޤައުމުން ި ރަޝިޔާ ހިފައިފައިވާ އިރުދެކުނު ސަރަޙައްދުގެ ބިންތައް މިނިވަންކުރުމުގެ އިސްނެގުން މިހާރުވަނީ ފެށިފައެވެ. ޙަމަލާތައް ކުރިއަށް ދިޔުން ތަތް ނަމަވެސް ޔުކްރޭނުން މިހާރުވަނީ "އިސްނެގުމުގެ ލަގަނުގައި ހިފައިފައެވެ."

އޭނާ ވިދާޅުވަގޮތުގައި ބަޚްމޫތު ސަރަޙައްދުގެ ބޭރުގައި މިހާރު ގަދަޔަށް އެބަ ހަނގުރާމަ ހިނގައެވެ. ޝީޝާނުގެ ރައީސް ޤަދީރޯވް ވިދާޅުވާ ގޮތުގައި އެ ސަރަޙައްދުގައި ތިބި ވެގްނަރ ހަނގުރާމަވެރީންގެ ބަދަލުގައި މިހާރު އެ ސަރަޙައްދުގައި ތިބީ ޝީޝާނުގެ ސިފައިންނެވެ. ޔުކްރޭން ސިފައިން "އަހުރެމެން އަތުން ބަލިވެއިނދަޖެހޭނެއެވެ."

ހުޅަނގުން ޒަމާނީ އައު ހަތިޔާރުތައް ދީގެން ޔުކްރޭނުން ފެށި އިދިކޮޅު ބޮޑު ޙަމަލާގައި ޔުކްރޭން ސިފައިނަށް ކުރިއަށް ދެވެނީ ފޫޓަކުންފޫޓަކުން ގަހަކުން ގަހަކުންނެވެ. މިކަމާ ހެދި ހުޅަނގު ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ޒިލެންސްކީ ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ޔުކްރޭން ސިފައިން ކުރިއަށް ދަނީ ލަޝްކަރުތަކުގެ ޖެނެރަލުން އެދިވަޑައިގަންނަވާ ގޮތަކަށް ބާރަކަށް ނޫނެވެ. އެހެނަސް "މިހާރު އިސްނެގުމުގެ ލަގަން އޮތީ ކިޔީވް އަތުގައެވެ."

ރަޝިޔާ ބުނާގޮތުގައި ރޫސީ ސިފައިން ދަނީ ޔުކްރޭންގެ ޙަމަލާތައް ހުއްޓުވަމުން ބަލިކުރަމުންނެވެ. އެހެނަސް ރަޝިޔާއިން ބުނާގޮތުގައި ބިމުގެ އަޑިގުޑަންކަމުގެ ސަބަބުން ވެސް ހަނގުރާމަ ވަރަށް ދައްޗެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *