Support Us

ޤަޠަރުގެ އަމީރު ތުރްކީގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދު ތުރްކީގެ ނައިބު ރައީސް ޖައުދަތު ޔިލްމާޒާ މިއަދު ދައުޙާގައި ބައްދަލުކުރައްވައިފިއެވެ.

ޤަޠަރުގެ އަމީރުގެ އޮފީހުން މިކަމާ ބެހޭގޮތުން ނެރުނު ބަޔާން ބުނާގޮތުގައި އަމީރާއި ތުރްކީގެ ނައިބު ރައީސް ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ބަދަހިކޮށް ވަރުގަދަކުރުމާ ބެހޭގޮތުން ބަޙުސްކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި އިސްކަންދެއްވައިފައި ވަނީ ވުނަކުރުމަށާއި ވިޔަފާރިއަށާއި އިޤްތިޞާދާށެވެ. ނައިބު ރައީސްގެ އަރިހުގައި ގެންދެވި ވަފްދުގައި ތުރްކީގެ މާލީ ވަޒީރު  މުޙައްމަދު ޝިމްސްކު ހިމެނިވަޑައިގަންނަވައެވެ.

ނައިބު ރައީސް ޔިލްމާޒު އޭނާގެ ޓްވިޓަރުގައި ވިދާޅުވިގޮތުގައި ޤަޠަރުގެ އަމީރާއެކު ދެ ބައްދަލުވުމެއް ބޭއްވުނެވެ. އެއީ އަމީރު އޭނާއާއެކު ވަކިން ބޭއްވެވި ޚާއްޞަ ބައްދަލުވުމަކާއި ތުރްކީގެ މުޅި ވަފްދާއެކު ބޭއްވެވި ޢަންމު ބައްދަލުވުމެކެވެ. ތުރްކީގެ ނައިބު ރައީސް ސިފަކުރެއްވި ގޮތުގައި މި ދެ ބައްދަލުކުރެއްވުން ވެސް ވަރަށް ކާމިޔާބެވެ. މި ބައްދަލުވުންތަކުގައި އެތައް ފައިލްތަކަކާ ބެހެގޮތުން ދިރާސާކުރެވުނެވެ. އޭގެތެރޭގައި ދިފާޢީ ޞިނާޢަތުގެ މައިދާނުގައި ގުޅިގެން މަޝްރޫޢުތަކެއް ހިންގުމާއި ހަކަތައިގެ މައިދާނުގައި އެއްބާރުލުން ވަރުގަދަކުރުން ވެއެވެ.

ތުރްކީގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައިވާ އެއްބާރުލުން ހަރުދަނާވުމުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި ކުރިމަގުގައި ގުޅުންތައް ވަރަށް ފައްސި ރާސްތާއަކަށް ނުކުންނާނެއެވެ. 

ތުރްކީގެ ނައިބު ރައީސް ޔިލްމާޒު ވިދާޅުވި ގޮތުގައި ތުރްކީ– ޤަޠަރު އިސްތިރާތީޖީ އެއްބާރުލުމުގެ ސަބަބުން ސަރަޙައްދަށް ހަމަޖެހުން އައިސް އިޤްތިޞާދު ތަރައްޤީވެގެންދާނެއެވެ.

ތުރްކީގެ ރިޔާސީ އޮފީހުން ބުނާގޮތުގައި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މި އަންނަ ހަފުތާގައި ގަލްފަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ. މި ދަތުރުފުޅުގައި އޭނާ ސުޢޫދީ ޢަރަބިއްޔާއަށާއި ޤަޠަރަށާއި އިމަރާތަށް ވަޑައިގަންނަވާނެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *