Support Us

ރަޝިޔާ ބަލިކުރެވޭނެ އެއްވެސް މަގެއް ޔުކްރޭނަކަށް ނެތް: ކެނެޑީ

ރަޝިޔާ ބަލިކުރެވޭނެ އެއްވެސް މަގެއް މި ދުނިޔޭގައި ޔުކްރޭނަށް ލިބިފައިނުވާ ކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފައިވާ ރޮބަރޓް ކެނެޑީ (ޖޫނިއަރ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭންގެ ސަބަބުން ޔޫރަޕް އޮތީ ނާޒުކު ބޮޑު ވަޅުގަނޑަކަށް ވެއްޓިފައެވެ.

ކެނެޑީ (ފޮޓޯގައި) ވިދާޅުވިއެވެ. "ޖަރްމަނާއި ފަރަންސޭސިވިލާތާއި އިޓަލީގައި ހިނގަމުންދާ ގަނޑުބަޑުތަކުގެ ސަބަބަކީ ޔުކްރޭން ހަނގުރާމައެވެ. މި ހަނގުރާމައިގެ ސަބަބުން ޔޫރަޕްގައި ވަނީ ދާޚިލީ އެތައް މަސްއަލަތަކެއް އުފެދިފައެވެ. ޔުކްރޭނަށް ޓަކައި މަރުވުމަށް އެ ޤައުމުތަކުގެ ރައްޔިތުން ފޮނުވުމަށް އެ ޤައުމުތައް ބޭނުމެއް ނުވެއެވެ. ޔުކްރޭންގައި ވެސް މަރުވުމަށް ޓަކައި ހަނގުރާމައަށް ދާން އެދޭ މީހަކު ނެތެވެ."

ކެނެޑީ ވިދާޅުވި ގޮތުގައި ޔުކްރޭނުގައި ތިބި ހަނގުރާމައަށް ދާން ޖެހޭ ޢުމުރުގެ މީހުން ސިފައިންގެތެރެއަށް ގެންގޮސްފާނެތީ މަސައްކަތް ކުރަމުންދަނީ ޔުކްރޭނުން ބޭރަށް ދެވޭތޯއެވެ. 

ކެނެޑީ ވިދާޅުވިއެވެ. "އެމެރިކާއިން ވަނީ ޔުކްރޭން މަސް ފުނޑާ ދަޔަކަށް ހަދައިފައެވެ. އެމެރިކާއިން ޔުކްރޭން ރަޝިޔާއާ ދެކޮޅަށް ހަނގުރާމައަކަށް ގެންގޮސްފައި މި ވަނީ ޖިޔޯ ސިޔާސީ ލަޑުދަނޑުތަކަކަށް ޓަކައެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *