Support Us

ނަތަންޔާހޫގެ ޤަޟާއީ އިންޤިލާބާ އިދިކޮޅު މުޒާހަރާތައް އަލުން ކެކިގަތްފި

އިސްރާއީލުގެ ޤަޟާއީ ނިޒާމު ނިކަމެތިކޮށްލެއްވުމަށް ބޮޑުވަޒީރު ނަތަންޔާހޫ ބަރްލަމާނަށް ހުށައަޅުއްވައިފައިވާ ބިލާ ދެކޮޅަށް އިސްރާއީލުގެ ބޮޑެތި ރަށްތަކުގައި އަލުން މުޒާހަރާތައް ކެކިގަތްފިއެވެ.

ރޭ ބޭއްވި މުޒާހަރާގައި ވެސް އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. މުޒާހާރާތައް މެދުނުކެނޑި ބާއްވަމުންދާތާ މިވީ 27 ހަފުތާއެވެ.

އިސްރާއީލުގެ ޢިބްރީ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަހުރަނޫތު ބުނާގޮތުގައި ތައްލު އަބީބުގެ ކާބްލާން މަގުމަތީގައި ބޭއްވުނު ބޮޑު މުޒާހަރާގައި ދޮޅު ލައްކަ މީހުން ބައިވެރިވިއެވެ. މި މުޒާހަރާގެ ބައިވެރިން އަޔަލޫން މަގު ބަންދުކޮށްލިއެވެ. މުޒާހަރާގެ ބައިވެރިން ޤުދްސުގައި ހުންނަ ނަތަންޔާހޫގެ ގޭ ކުރިމައްޗަށް ވެސް އެއްވިއެވެ.

މުޒާހަރާ އިންތިޒާމުކުރާ ފަރާތްތައް ބުނާގޮތުގައި "މި ބިލް މާދަމާ ތަޞްދީޤުކޮށްފިނަމަ އަންގާރަ ދުވަހު މުޅި ޤައުމު ކައްކައިލާނަމެވެ. މުޒާހަރާތަކާއި ހިނގައިލުންތައް ބާއްވާނަމެވެ. އަދި މެންދުރު ފަހުން އިސްރާއީލުގެ ބެންގޫރިއަން ވައިގެ ބަނދަރު ބަންދުކޮށްލާނަމެވެ."

މި ބިލް ފާސްކުރުމުގެ މަސައްކަތް ވަގުތުން ހުއްޓައިލުމަށް މި މުޒާހަރާތައް އިންތިޒާމު ކުރާ ފަރާތްތަކުން އިސްރާއީލު ސަރުކާރަށް ގޮވައިލިއެވެ. އެމީހުން ސިފަކުރިގޮތުގައި މި ބިލަކީ ޚުދްމުޚްތާރު ވެރިކަމަށް މަގުހުޅުވައިދޭ ޤާނޫނެކެވެ. މި ޤާނޫނުގެ ސަބަބުން ހުޅުވައިލެވިފައިވާ ޗެކެއް ސަރުކާރަށް ލިބިގެންދާނެއެވެ. ސަރުކާރަށް ބޭނުން ގޮތަކަށް ވެރިކަން ކުރުމަށް މަގުފަހިވެގެންދާނެއެވެ.

މުޒާހަރާތައް އިންތިޒާމުކުރާ ފަރާތުން ބުނާގޮތުގައި މިޤާނޫނު ފާސްކުރުމުގެ މަސައްކަތައިގެން ސަރުކާރުން ކުރިއަށްދާނަމަ މުޒާހަރާތައް އިތުރުކުރެވޭނެއެވެ. އެ ފަރާތުން ބުނިގޮތުގައި ރައްޔިތުން ނޭދޭ ގޮތަކަށް ވެރިކަންކުރާނަމަ ސަރުކާރު ވާނީ ޣައިރު ޤާނޫނީ ސަރުކާރަކަށެވެ. ޢާންމު ރައްޔިތުން ފިޔަވަޅު އަޅާނީ މި އަސާސުގެ މަތީގައެވެ.

އިސްރާއީލުގެ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި ދީމުޤްރާޠީ ވެރިކަމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެއެވެ. އެހެންކަމުން މުޒާހަރާތަކަށް ފުލުހުން ހުރަހެއް ނާޅާނެއެވެ. އެހެނަސް ފުލުހުންގެ ޢުންޞުރުތަކަށް ގެއްލުންދޭނަމަ އަދި ޤަވާޢިދާ ޚިލާފު ޢަމަލުތައް ހިންގާނަމަ ފުލުހުން ވަގުތުން ފިޔަވަޅު އަޅާނެއެވެ.

މި ދިޔަ އަންގާ ރަދުވަހު ކަނީސަތުގެ ދުސްތޫރީ ކޮމެޓީން ވަނީ "ބުއްދި ޤަބޫލުކުރުމުގެ އިން ފަހަނަޅައިފައިވާ ޤާނޫނު"ގެ ދެލިކޮޕީ ތަޞްދީޤުކޮށްފައެވެ. މި ޤާނޫނުގެ ސަބަބުން ފަހުބަސް ބުނުމުގެ ބާރު ސްޕްރީމް ކޯޓަކަށް ނޯންނާނެއެވެ. މީގެ އިތުރަށް ފަނޑިޔާރުން ޢައްޔަން ކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ. އިދިކޮޅު ޒަޢީމު ޔާއީރު ލެޕިޑް ވިދާޅުވިގޮތުގައި މިއީ "އުންމަތް ވީދައިލުމުގެ" މަސައްކަތެކެވެ.

މި އަންނަ ހަފުތާގައި މި ބިލް ކަނީސަތުގެ ޢާންމު ޖަލްސާއަށް ހުށަހެޅޭނެއެވެ. ތިން ކިޔުމެއްގެ ތެރެއިން މި ބިލް ފާސް ވެއްޖެނަމަ މި ބިލް ޤާނޫނަކަށް ވާނެއެވެ.

އިދިކޮޅު ޕާޓީތައް ބުނާގޮތުގައި މި ބިލުގެ އަމާޒަކީ "ޤަޟާއީ ނިޒާމު ޚާއްޞަކޮށް ސުޕްރީމް ކޯޓް ބަލިކަށިކޮށްލުމެވެ. މި ކަމުގެ ސަބަބުން އިސްރާއީލުގެ ވެރިކަން ޚުދްމުޚްތާރު ނިޒާމަކަށް ބަދަލުވެގެންދާނެއެވެ." މި ކަމާ ދެކޮޅު ހަދާ މުޒާހަރާތަކާއި ހިނގައިލުންތައް ބާއްވަމުންދާތާ 26 ހަފުތާވެއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *