Support Us

ރޫސީން އަތުލި އިނގިރޭސިވިލާތުގެ ސްޓޯމް ޝެޑޯ މިސައިލް މޮސްކޯއަށް ގެންގޮސްފި

ޔުކްރޭންތެރެއިން ރޫސީ ސިފައިން އަތުލި އިނގިރޭސިވިލާތުގެ  ސްޓޯމް ޝެޑޯ މިސައިލް މޮސްކޯއަށް ގެންގޮސްފި ކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ޢަސްކަރީ ފަންނިއްޔަތު މަރްކަޒުގެ ރައީސްގެ ޓެލެގްރާމުގައި ހާމަކުރެއްވި ގޮތުގައި ރޫސީ ސިފައިން މި މަސައްކަތް ވަނީ ދެ ދުވަހުގެތެރޭގައި ކޮށްފައެވެ. މި މަރްކަޒުގެ ރައީސް ޑިމިޓްރީ ރޮގަޒީން ވިދާޅުވާ ގޮތުގައި އިނގިރޭސިވިލާތުން ކިޔީވަށް ދިން ނުރައްކާތެރި ހަތިޔާރުގެތެރޭގައި ހިމެނޭ Storm Shadow ގެ މިސައިލެއް ރޫސީ ސިފައިން އަތުލައިގަތީ ޒަބަރޯޖިޔާ ސަރަޙައްދުންނެވެ. މި މިސައިލްގެ ބައިތައް ރޫޅައިގެން މޮސްކޯއަށް ގެންދަން އެންގުމުން އެ މަސައްކަތް ކުރެވުނީ ދެ ދުވަހުން ކަމަށް މި ޚަބަރުގައި އައިސްފައި ވެއެވެ.

ރޮގަޒީން  ހާމަކުރެއްވި ގޮތުގައި ޔުކްރޭން ސިފައިން ރޫސީންގެ މި މަސައްކަތަށް ހުރަސްއެޅޭތޯ ބެއްޔެވެ. ކިޔީވުން ސިފައިންގެ ޚާއްޞަ ޔުނިޓެއް ފޮނުވިއެވެ. އެހެނަސް ރޫސީ ސިފައިން ވަނީ މި ޔުނިޓުން ދިން ޙަމަލާތައް މަތަކޮށް އެމީހުން ފަހަތަށް ޖައްސައިފައެވެ.

ރޮގަޒީން ހާމަކުރެއްވި ގޮތުގައި މި މިސައިލްގެ ބައިތައް މިހާރު ވަނީ ދިފާޢީ ބާރުތަކާބެހޭ ޚާއްޞަ މަރްކަޒަކާ ޙަވާލުކުރެވިއެވެ. އެ މަރްކަޒުން މި ބައިތައް ދިރާސާކޮށް މި މިސައިލްގެ މައިތިރި ހަދާނެއެވެ. އަދި މި  ހަތިޔާރުގެ ކޮންޓްރޯލިން ނިޒާމުގެ އެލޮގްރިމެތްސްގެ ކޯޑްތައް ރޫޅައި ބަލައި މި މިސައިލްގެ ސިކުނޑިއަށް  އޮޅުވައިލުމަށް ޓަކައި  ފޮނުވަންޖެހޭ އިޝާރާތްތައް ދެނެގަންނާނެއެވެ.

ލަންޑަނުން ކިޔީވަށް ދިން ސްޓޯމް ޝެޑޯ މިސައިލަކީ 280 ކީލޯމީޓަރުގެ ދުރު ރާސްތާއެއް ލިބިގެންވާ  ވަރަށް ޒަމާނީ ހަތިޔާރެކެވެ. 

  

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *