Support Us

ވެގްނަރުންގެ ޒަޢީމު ހުންނެވީ ކޮންތަނެއްގައި؟

ވެގްނަރު ހަނގުރާމަވެރީންގެ ޒަޢީމު ޕްރިގޮޒިން ބިލަރޫސިޔާގައި ނެތްކަމަށް އެ ޤައުމުގެ ރައީސް ލުކަޝެންކޯ ހާމަކުރައްވައިފިއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ޕްރިގޮޒިން (ފޮޓޯގައި) ހުންނެވީ ރަޝިޔާގެ ސޭންޕީޓަރސްބަރގް ސަހަރުގައެވެ. ރައީސް ލުކަޝެންކޯ ހާމަކުރެއްވި ގޮތުގައި ވެގްނަރ ހަނގުރާމަވެރީން މިހާރު ތިބީ އެމީހުންގެ ދާއިމީ ކޮށިތަކުގައެވެ.

އިނގިރޭސިވިލާތުގެ The Daily Beast ނަމަކަށް ކިޔާ ދުވަހު ނޫސް ބުނާގޮތުގައި ރޫސީ ޢަސްކަރިއްޔާއާ ދެކޮޅަށް ހަތިޔާރުއެޅި ނުކިޔަމަންތެރިކަމެއް އިޢުލާން ކުރެއްވި ވެގްނަރ ޒަޢީމު މިހާރު ވަޑައިގެން އުޅުއްވަނީ ރަޝިޔާގެ ސޭން ޕީޓަރސްބަރގް ސަހަރުގައި ހަތިޔާރު ޖަމާކުރައްވާށެވެ.

ރައީސް ލުކަޝެންކޯ ވިދާޅުވި ގޮތުގައި "ޚާއްޞަ ޢަސްކަރީ ކުންފުންޏެއްގެ ހަނގުރާމަވެރީންތަކެއް އޭނާގެ ޤައުމުގައި ތިބުމަކީ އޭނާގެ ޤައުމަށް ނުރައްކާތެރިކަމެއް ނޫނެވެ." އޭނާ ވިދާޅުވި ގޮތުގައި ވެގްނަރ ހަނގުރާމަވެރިން އެ ޤައުމުގައި ތިބުމުގެ މަސްއަލައަކީ ރޫސީ ސަރުކާރާ ވެގްނަރ ކުންފުންނާ ދެމެދުގައި އެއްބަސްވެވުނު އެއްބަސްވުމެއްގެ ދަށުން ކުރެވޭ ކަމެކެވެ.

ރައީސް ލުކަޝެންކޯ ވިދާޅުވިއެވެ. "އެމީހުން ބިލަރޫސިޔާއާ ދެކޮޅަށް ހަތިޔާރު އުފުލާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލަރޫސިޔާއަށް އުދްވާނީ ޙަމަލާއެއް ދެވިއްޖެނަމަ ވެގްނަރ ހަނގުރާމަވެރީންގެ އެހީ ބިލަރޫސަށް ލިބޭނެއެވެ."

ވެގްނަރ ޒަޢީމު ރަޝިޔާގައި

Fontanka ނަމަކަށް ކިޔާ ރަޝިޔާގެ ދާޚިލީ ނޫސް އޭހެންސީއެއް ބުނާގޮތުގައި މި ދިޔަ އަންގާރަ ދުވަހު ޕްރިގޮޒިން ސޭން ޕީޓަރސްބަރގްގެ ސަލާމަތީ ބާރުތަކާއެކު ސަލާމަތީ ބާރުތަކުގެ އިދާރާއިން ފެނިފައި ވެއެވެ. އޭނާ މި އޮފީހަށް ވަޑައިގަތީ ރޫސީ ސިފައިން އޭނާގެ އަތުން ހިފި ބައެއް ހަތިޔާރުތައް އޭނާއާ ޙަވާލު ކުރުމަށެވެ. އޭގެތެރޭގައި ރޫސީ ދިފާޢީ ވަޒީރު ޝްވިގޯ އޭނާއަށް ހަދިޔާއަކަށް ދެއްވި ފިސްތޯލައެއް ވެސް ވެއެވެ.

ޚަބަރުތައް ބުނާގޮތުގައި ވެގްނަރ ޒަޢީމުގެ ޚާއްޞަ އުޅަނދަކުން ރަޝިޔާގެ ސަލާމަތީ ބާރުތަކަށް ފެނިފައިވާ 10 ބިލިއަން ރޫބެލް ވެސް އޭނާއާ ހަވާލުކުރި ކަމަށް ވެއެވެ.

އަނެއްކޮޅުން ރޫސީ ޓީވީ ބުނާގޮތުގައި ރަޝިޔާގެ ސަލާމަތީ ބާރުތައް ވެގްނަރ ޒަޢީމުގެ އޮފީހާއި އޭނާގެ ގެ ބަލައި ފާސްކޮށްފިއެވެ. މި ފާސްކުރުމުގެ ތެރޭގައި ވަރަށް ގިނަ ހެދިއިސްތަށިގަނޑުތަކާއި (ވިގްތަކާއި) ޕާސްޕޯޓްތަކާއި ރަނާއި ނަޤްދު ފައިސާ ފެނިފައި ވެއެވެ. އަދި އޭނާގެ ގޭގެ ގޯތިތެރެއިން ކުޑަ ހެލިކޮޕްޓަރެއްވެސް ފެނިފައިވެއެވެ.

އިޒްވެސްޓިޔާ ދުވަހުނޫސް ބުނާގޮތުގައި ހަތިޔާރުގެ ވަރަށް ބޮޑު ގުދަނެއް އެ ގޭތެރެއިން ފެނުނެވެ. އޭގެތެރޭގައި އޮޓޮމެޓިކް ބަޑިޔާއި މުޒާހަރާތައް މައިތިރިކުރުމަށް ބޭނުންކުރާ ފެންހޮޅިތައް ވެއެވެ.

އަނެއްކޮޅުން "ރަޝިޔާ ޓުޑޭ" ވެބް ސައިޓް ބުނާގޮތުގައި ވެގްނަރ ޒަޢީމާ ދެކޮޅަށް ހުޅުވައިފައިވާ ޖިނާއީ ޤަޟިއްޔާގެ ފައިލް މިއަދު ވަނީ ހުޅުވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *