Support Us

އިސްލާމީ މީޑިޔާތަކުން އިސްލާމްފޯބިޔާއާ ކުރިމަތިލުމަށް އޯއައިސީން ގޮވައިލައިފި

އިސްލާމްފޯބިޔާއާއި އިސްލާމީ ރަމްޒުތަކަށް ފުރައްސާރަކުރާކުރުންތަކާ ކުރިމަތިލުމަށް ޓަކައި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުގެ ޓީވީއާއި ސިނަމާއާއި ރޭޑިއޯތަކާއި ނޫސްތަކާއި މީސްމީޑިއާއި އެ ޤައުމުތަކުގެ ޢާންމު އަދި ޚާއްޞަ މީޑިއާ ވަސީލަތްތައް ތެދުވުމަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ސެކްރެޓޭރިއެޓުން ގޮވައިލައިފިއެވެ.

އޯއައިސީގެ ސެކްރެޓޭރިއެޓުން މި ފަރާތްތަކަށް ގޮވައިލައިފައި ވަނީ މި ފަރާތްތަކުގެ އުފެއްދުންތަކާއި މަޝްރޫޢުތަކުގައި އިސްލާމްދީނުގެ އުޞޫލުތަކަށް އިސްކަންދީ އެ ދީނަކީ އެންމެން ގުޅިގެން ސުލްޙަމަސަލަސްކަމުގައި އުޅުމަށާއި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކުރުމަށާއި ޒާތީ ތަޢައްޞުބާ ދުރުހެލިވުމަށާއި ހަރުކަށި ޢަމަލުތަކާއި ނަފްރަތްތެރިކަމާ ދުރުހެލިވުމަށް ގޮވައިލާ ދީނެއްކަން ހާމަކުރުމަށް މަސައްކަތް ކުރުމަށެވެ.

މިކަމަށް އޯއައިސީގެ ޢާންމު ސެކްރެޓޭރިއެޓުން ގޮވައިލީ ސްވިޑްންގެ ވެރިރަށް ސްޓޮކްހޮލްމުގައި މަސީޙީއަކު ޚަތިމެއް އަންދައިލި ޙާދިސާއާ ބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ ޓީވީއާއި ރޭޑިއޯތަކުގެ އިއްތިޙާދުން ދާދިވަރުކޮށް އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމުގައި އޯއައިސީގެ މީޑިޔާ ޑިރެކްޓަރު ވަޖްދީ ސިންދީ (ފޮޓޯގައި) ދެއްކެވި ވާހަކަފުޅުގައެވެ.

އޭނާ ވިދާޅުވިގޮތުގައި ޚަތިމު އެންދުމުގެ މަސްއަލައާއި އިސްލާމީ މުޤައްދަސް ރަމްޒުތަކަށް ފުރައްސާރަކުރުމުގެ މަސައަލަތަކާ ކުރިމަތިލުމަށް ޓަކައި މަގުޗާޓަކާއި ކުރިމަގުގައި ޢަމަލު ކުރަންވީ ގޮތާބެހޭ ބަޔާނެއް އޯއައިސީން ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ ކަނޑައަޅައިފައެވެ. މި ބައްދަލުވުމުން ފާސްކުރި ބަޔާނުގައި 26 މާއްދާއެއް ހިމެނެއެވެ. މިފަދަ ޢަމަލުތައް ޖަރީމާއަކަށް ހެދުމަށް ޓަކައި އިސްލާމީ ޤައުމުތަކުގެ ބަރްލަމާންތަކުންނާއި މީޑިއާ ވަސީލަތްތަކުންނާއި މަދަނީ މުޖްތަމަޢުގެ ޖަމްޢިއްޔާތަކުން ތެދުވުމަށާއި ފިޔަވަޅުއެޅުމަށް މި ބަޔާން ގޮވައިލައިފައި ވެއެވެ.

ސިންދީ ވިދާޅުވި ގޮތުގައި އޯއައިސީން މަސައްކަތް ކުރަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާއެކު ބޭނުންކުރުމުގެ މަފްހޫމު ހަރުދަނާކުރުމަށާއި ނަފްރަތްތެރިކަމަށާއި ތަޢައްޞުބީ ޢަމަލުތަކަށް ހިތްވަރުދީ އެކަންކަން ފަތުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ވަޠަނީ އާލިއްޔަތެއް ޤާއިމު ކުރުމަށާއި އިސްލާމްފޯބިޔާއާ ދެކޮޅަށް މަސައްކަތްކުރާނެ މީޑިއާ އިސްތިރާތީޖީއެއް ޤާއިމުކޮށް އެއަށް ޢަމަލު ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *