ރަޝިޔާއިން އުފައްދާ ތެލުން ދުވާލަކު 500 ހާސް ފީފާ މަދުކުރުމަށް ނިންމި ނިންމުމަކީ ރަޝިޔާއިން އެއްވެސް މަޖްބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ނިންމި ނިންމުމެއް ކަމަށް ސުޢޫދީ ތެލާބެހޭ ވަޒީރު ޢަބްދުލް ޢަޒީޒު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.
އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި މިއަދު ފެށި އޯޕެކްގެ އަށްވަނަ ބައްދަލުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުލް ޢަޒީޒު ބިން ސަލްމާން ވިދާޅުވިއެވެ. "ރަޝިޔާއިން އުފައްދާ ތެލުން ދުވާލަކު 500 ހާސް ފީފާ މިއަންނަ މަހުން ފެށިގެން މަދުކުރުމަށް ނިންމި ނިންމުމަކީ އެ ޤައުމުން އެއްވެސް މަޖްބޫރުކަމެއްނެތި އެޅި ފިޔަވަޅެކެވެ. އެކަމުގެ ޔަޤީންކަން މޮސްކޯއިން ވަނީ އަހުރެމެންނަށް ދީފައެވެ."
އޭނާ ވިދާޅުވިގޮތުގައި ހަތް ފަރާތަކުން މި ޚަބަރުވަނީ ކަށަވަރުކޮށްދީފައެވެ. ރަޝިޔާއިން މިއާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން މި ހަފުތާގައި އިޢުލާންކުރި ގޮތުގައި މި އަންނަ އޮގަސްޓްމަހުން ފެށިގެން ރަޝިޔާއިން އުފައްދާ ތެލުން ދުވާލަކު 500 ހާސް ފީފާގެ ތެޔޮ މަދުކުރާނެއެވެ. މޮސްކޯއިން މި ގޮތަށް ނިންމީ އެއްވެސް ފަރާތެއްގެ މަޖްބޫރުކަމެއް ނެތިއެވެ.
ސުޢޫދީ ޢަރަބިއްޔާއިން ވަނީ މި މަހު އެ ޤައުމުގައި އުފައްދާ ތެލުން އެއް މިލިއަން ފީފާ މަދުކޮށްފައެވެ. މި އަންނަ މަހުވެސް މި ޢަދަދަށް ތެޔޮ އުފެއްދުން މަދުކުރާނެ ކަމަށް ރިޔާޟުން ބުނެއެވެ.
މިއަދު ވިއެނާގައި ފެށި އޯޕެކް ސިންތާގެ މައުޟޫޢަކީ "ދެމެހެއްޓެނިވި ޝާމިލް ހަކަތައަކަށް ނަޤްލުވުން އެވެ. މި ބައްދަލުވުމުގައި ހަކަތަޔާ ބެހޭ ތަފާތު މަސްއަލައަލަތަކާ ބެހޭގޮތުން އޯޕެކް މެންބަރުން ބަޙުސްކުރާނެއެވެ. އޭގެތެރޭގައި ހަކަތައިގެ ވުނަކުރުންތަކާއި ހަކަތައިގެ ސަލާމަތާއި ބާޒާރުގެ ހަމަޖެހުމާއި އެއްބާރުލުމާއި މަޝްވަރާގެ ތެރެއިން ބައިނަލްއަޤްވާމީ ތެލުގެ އަމާން ބާޒާރެއް ޤާއިމުކުރުން ވެއެވެ.



advertisment