ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު އިލެކްޝަންސް ކޮމިޝަނުން އަދާހަމަކޮށް، އާންމުކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފުތަރު ދައްކާ ގޮތުން ހުސްވި ޖޫންމަހުގެ ނިޔަލަށް އެންމެ ގިނަ މެމްބަރުން ތިބީ ވެރިކަން ކުރާ އެމް.ޑީ.ޕީގައެވެ. ދެ ވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބީ ޕީ.ޕީ.އެމްގައެވެ. ތިން ވަނައިގައި އޮތީ ޖުމްހޫރީ ޕާޓީއެވެ. އެންމެ ފުލުގައި އޮތީ ތިން ހާސް މެމްބަރުން ވެސް ހަމަނުވާ އެމް.އާރް.އެމް އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މިހާރު ހިމެނެނީ ނުވަ ޕާޓީއެވެ. ދަފުތަރުގައި އެންމެ ކުރިއްސުރެ އޮތް ޑީ.އާރް.ޕީގެ އިތުރުން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ މިހާރު ވަނީ ދަފުތަރުން އުނިކޮށްފައެވެ.
މި ހަތް ޕާޓީގައި ތިބީ ޖުމްލަ 158،167 މެމްބަރުންނެވެ.




advertisment