Support Us

ޖަނީން ޢުދްވާނުގެ ސަބަބުން މަސްރަޙު ވަރަށް ހޫނުވެއްޖެ

އިސްރާއީލުން އިއްޔެ ހުޅަނގު އައްސޭރީގެ ޖަނީނަށާއި ޖަނީނު ފޭލިގެއަވަށްތަކަށް ދިން ޢުދްވާނުގެ ސަބަބުން މަސްރަޙު ވަރަށް ހޫނުވެއްޖެއެވެ.

އިސްރާއީލުގެ ޢަސްކަރީ ބާރުތަކުން މަތިންނާއި އެއްގަމުން ދިން ޙަމަލާތަކުގެ އަމާޒަކަށް ހަދައިފައި ވަނީ ޖަނީނު ފޭލިގެއަވަށްތަކެވެ. އިއްޔެ ފަތިހު އިސްރާއީލުން ދޭންފެށި މި ޢުދްވާނު އަދިވެސް ދަނީ ކުރިއަށެވެ. މި ޙަމަލާތަކުގައި އިސްރާއީލު ސިފައިން ވަނީ ޖަނީން ފޭލިގެއަވަށްތަކުގެ ޢިމާރާތްތަކާއި ފިހާރަތައް ހަލާކުކޮށްލައިފައެވެ. 

ފަލަސްޠީނުގެ ހަނގުރާމަވެރީންނާއި އިސްރާއީލު ސިފައިންނާ ދެމެދުގައި ސީދާ ހަނގުރާމަތައް އިއްޔެ ހިނގިއެވެ. ފަލަސްޠީނުގެ ޒުވާނުން އަތުބޮމާއި ބާރުގަދަ ގޮވާއެއްޗެހިން އިސްރާއީލު ސިފައިންނަށް ހާމަލާތައް ދިނެވެ.

އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 10 މީހަކު ޝަހީދުވިއެވެ. އަދި 105 މީހުން ޒަޚަމުވިއެވެ. ފަލަސްޠީނުން ބުނާގޮތުގައި އިސްރާއީލުގެ ދެ ޑްރޯނެއް ވައްޓައިލިއެވެ. އިސްރާއީލު ސިފައިންގެ ތިން މީހަކު ޒަޚަމުވި ކަމަށް އިސްރާއީލުން ބުންޏެވެ. 

ޢުދްވާން ކުރިއަށް ގެންދާނަން

އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ މި ޢުދްވާނާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ. "އަހުރެމެންގެ ލަޑުދަނޑިތައް ޙާޞިލްކުރެވެންދެން ޖަނީނުގެ ޙަމަލާތައް ކުރިއަށް ގެންދެވޭނެއެވެ." އޭނާ އެމެރިކާ އެންބެސީގައި ހުންނަވާ ވިދާޅުވިއެވެ. "ނިރުބަވެރިކަމާ ކުރިމަތިލުމަށް ޓަކައި އަހުރެމެން މި ދަނީ އައު މާދަލާއެއް ކަނޑައަޅަމުންނެވެ."

އިސްރާއީލާއެކު އެއްބާރުލުމެއް ނެތް 

އިސްރާއީލުގެ ޢުދްވާނާ ވިދިގެން ފަލަސްޠީނު ސަރުކާރުން ރޭ ވަނީ އިސްރާއީލާއެކު ގުޅުންތައް ބޭއްވުމާއި ސަލާމަތީ ކަންކަމުގައި ވިލަރެސް ކުރުން ހުއްޓައިލައިފައެވެ. ފަލަސްޠީނު ސަރުކާރުގެ ރަސްމީ ތަރްޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވާ ގޮތުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ރޭ ނިންމަވައިފައިވަނީ ބައިނަލްއަޤްވާމީ ހުރިހާ ޖަމާޢަތްތަކަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށެވެ. އޭނާ ވިދާޅުވިގޮތުގައި "ޢަޤަބާއާއި ޝަރަމުއްޝައިޚު އެއްބަސްވުންތަކަކީ މިހާރު އޮތް އެއްޗެއްނޫނެވެ." މި އެއްބަސްވުންތަކަށް އިސްރާއީލު ކަށަވެތިވެ ޢަމަލުނުކުރާތީއެވެ. 

އަނެއްކޮޅުން ޚަބަރު ލިބޭ ގޮތުގައި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ރޭ އިސްރާއިލުގެ ޢުދްވާން ކުށްވެރިކުރިއެވެ. ގަލްފްގެ އެއްބާރުލުމުގެ މަޖިލީހުން ވެސް މި ކަން ކުށްވެރިކުރިއެވެ. އިސްރާއީލުގެ މި ޢުދްވާނަކީ "ފަލަސްޠީނު މަސްއަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއަޅާ ކަމެއް ކަމަށް" ގަލްފްގެ އެއްބާރުލުމުގެ މަޖިލީހުގެ އަމީންޢާންމު ޖާސިމު މުޙައްމަދުލް ބަދަވީ ވިދާޅުވިއެވެ. 

އިސްރާއީލުގެ ޢުދްވާނަށް އެމެރިކާއިން ތާއީދުކޮށް އެއީ އިސްރާއީލުގެ "އަމިއްލަ ނަފްސުގެ ދިފާޢުގައި" ކުރަމުންދާ ކަމެއްކަމަށް ބުންޏެވެ. އެމެރިކާ ބުނިގޮތުފައި އެއީ އިސްރާއީލަށް ލިބިގެންވާ ޙައްޤެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *