Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

މިޔަރަށްވުރެ އިންސާނުން މާ ނުރައްކާ!

އިންސާނުންނަކީ އެންމެ އިސް ޝިކާރަވެރީންގެ ގޮތުގައި މަޝްހޫރު ވެފައިވީއިރު ސައިންސްވެރިން މިވަނީ އެކަމުގެ އަދަދެއް ޖަހައިފައެވެ. ވަލު ޖަނަވާރުތަކުގެ ތިންބައިކުޅަ އެއްބައި ކާނާއަށާއި ބޭސް ތައްޔާރު ކުރުމަށް ނުވަތަ ގޭގައި ގެންގުޅޭ ޖަނަވާރުތަކުގެ ގޮތުގައި އަހަރެމެން ބޭނުންކޮށް، ޖަނަވާރުތަކުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބަޔަށް މިވަނީ ނެތިދިއުމުގެ ނުރައްކާ ކުރިމަތިކުރުވާފައި ކަމަށް ސައެންސްވެރީން ބުނެއެވެ. އެއީ ބޮޑު ހުދު މިޔަރު ފަދަ ގުދުރަތީ ޝިކާރަވެރި ޖަނަވާރުތަކަށްވުރެ އަހަރެމެން އެތައް ސަތޭކަ ގުނަ ނުރައްކާތެރި ކަމަށް ދައްކާ ކަމެކެވެ.

އަދި އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ ދިރުންތަކަށް ނުރައްކާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ވެސް ސައެންސްވެރީން ދެއެވެ.

ގޭގައި ގެންގުޅޭ ޖަނަވާރުތަކުގެ ވިޔަފާރި ގަވާއިދާ ހިލާފަށް ކުރުމުގެ ސަބަބުން ވަލު ދޫނިތައް ނެތިދިއުމުގެ ނުރައްކާ ބޮޑުވެ އެވެ.

މި ދިރާސާވެރިން ބުނީ އިންސާނުން ބޭނުންކުރާ ކާނާއާއި، ބޭސް ތައްޔާރު ކުރުމަށް ނުވަތަ ހެދުން އެޅުމަށް ނުވަތަ ގޭގައި ގެންގުޅޭ ޖަނަވާރުތަކުގެ ގޮތުގައި ވަލުތެރެއިން ގާތްގަނޑަކަށް 50،000 ތަފާތު ވަލު ޖަނަވާރާއި ދޫންޏާއި ރެޕްޓައިލްސް، އެމްފިބިއަންސް އަދި މަސްތައް ހިފައިފައިވާ ކަމަށެވެ.

އެމީހުންނަށް އެނގުނު ގޮތުގައި އިންސާނުން މީގެ 14،663 ވައްތަރެއް ބޭނުންކޮށް ނުވަތަ އޭގެ ވިޔަފާރިކޮށް ގާތްގަނޑަކަށް މި ހުރިހާ ޖަނަވާރެއްގެ ތިންބައިކުޅަ އެއްބައި ނުވަތަ %39 ނެތިދިއުމާ ދިމާއަށް ދުއްވާލައިފިއެވެ. އަދި އިންސާނުންގެ ނުރައްކާ، ބޮޑުހުދު މިޔަރާއި ސިންގާ ނުވަތަ މިނިކާވަގު ފަދަ މަތީ ޝިކާރަކުރާ ޖަނަވާރުތަކަށްވުރެ 300 ގުނަ ބޮޑެވެ.

ތާރީޚުގެ އެއްވެސް ޒަމާނަކަށްވުރެ މިހާރު މި ޕްލެނެޓްގައިވާ ފަދައިން އެހެން ޖަނަވާރުތަކަށް އިންސާނީ ނުފޫޒު ބޮޑުވެފައެއް ނުވެއެވެ. މިގޮތުން ބަލާއިރު މާގިނައިން މަސްވެރިކަން ކުރުމަކީ ވެސް ކަނޑުގެ ގިނަ ބާވަތްތަކަށް ނުރައްކާވާ ކަމެކެވެ.

ދިރާސާވެރިން އިންޒާރުދެނީ ވަލު ޖަނަވާރުތައް މާ ގިނައިން ބޭނުންކުރުން ކުރިއަށް ގެންދިއުމުން ދުނިޔޭގެ ދިރުންތަކުގެ އިކޯސިސްޓަމަށް ނޭދެވޭ ނުރައްކަލެއް ކުރިމަތިވާނެ ކަމަށެވެ.