Support Us

ސްވިޑްން ނޭޓޯއަށް ވެއްދުމަށް ތުރްކީން މާ އަވަހަކަށް އެއްބަހެއްނުވާނެ

ސްވިޑްން ނޭޓޯއަށް ވެއްދުމުގެ މަސްއަލައަށް މި މަހު ބާއްވާ ނޭޓޯގެ ސަމިޓްގެ ކުރިން އަލިމަގެއް ފެނިދާނެކަމާމެދު ދާރިސުން ސުވާލު އުފައްދަވައިފިއެވެ. އެއީ ހައްދުފަހަނަޅައިފައިވާ މަސީޙީއަކު މި ދިޔަ އަޟްޙާ ޢީދު ދުވަހު ސްވިޑްންގެ ވެރިރަށް ސްޓޮކްހޮލްމްގައި ޚަތިމެއް އަންދައިލުމުގެ މަސްއަލައިގައި އަންކަރާއާއި ސްޓޮކްހޮލްމާ ދެމެދުގައި އަލުން ނުތަނަވަސްކަން ކެކިގަތުމުންނެވެ.

މި ހަފުތާގައި ބްރަސަލްސްގައި ބޭއްވޭ ތުރްކީއާއި ފިންލެންޑާއި ސްވިޑްންގެ ޚާރިޖީ ވަޒީރުންނާއި ޖާސޫސީ އިދާރާތަކުގެ ވެރިންނާއި ޤައުމީ ސަލާމަތާ ބެހޭ މުޝީރުންގެ ބައްދަލުވުމުގައި ތުރްކީ ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. އެހެނަސް ތުރްކީގެ ޑިޕްލޮމެޓުން އައްޝަރްޤުލް އައުސަޠު ދުވަހު ނޫހަށް ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގައި ތުރްކީން އެއްވެސް ކަމަކަށް ކަށަވެއްޗެއް ނުވާނެއެވެ.

ތުރްކީ ކުށްވެރިކުރުން

ސްވިޑްން ސަރުކާރުން ހުއްދަދީގެން އަޟްޙާ ޢީދު ދުވަހު ސްޓޮކްހޮލްމްގެ ބޮޑު މިސްކިތް ކުރިމަތީގައި ވަރަށް އިހާނެތި ގޮތަކަށް ޚަތިމެއް އަންދައިލިއަންދައިލުމާ ދެކޮޅަށް ތުރްކީގެ ރައީސް އުރްދުޣާން ވަނީ ސްވިޑްނާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ތުރްކީން "ޖެއްސުންކުރުމާއި ބިރުދެއްކުމުގެ ސިޔާސަތަށް ބޮލެއް ނުލަނބާނެއެވެ."

ތުރްކީގެ ސްޓޭޓްތަކުގެ ގަވަރުނަރުން ކަމުގައި ތިއްބެވި ޢަދާލަތާއި ތަރައްޤީ ޕާޓީގެ ބޭފުޅުންނާއެކު ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވެވި ދާދިވަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވިއެވެ. "ހުޅަނގުގެ ބޮޑާކަމުގެ ރަމްޒުތަކުން މުސްލިމުންނަށް އިހާނެތިކޮށް ހިތުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫންކަން އެނގެން ޖެހޭނެއެވެ. އިސްލާމްދީނުގެ ދުޝްމަނުންނާއި ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް އަހުރެމެން ހުރިހާ ވަސީލަތްތަކަކުން ހަނގުރާމަ ކުރާނަމެވެ."

ނޭޓޯގެ މި އަންނަ ސަމިޓްގައި "ސްވިޑްން ނޭޓޯއަށް ވައްދަން އަންކަރާ ޤަބޫލުވާނެ ކަމަށް އެކަކުވެސް ލަފާނުކުރުމަށް" އުރްދުޣާން ވިދާޅުވިއެވެ. "އެ ދައުލަތުން ނިރުބަވެރިކަމާ ދެކޮޅަށް ފިޔަވަޅެއް ނާޅައެވެ. ތުރްކީން ނިރުބަވެރި ޖަމާޢަތެއް ކަމަށް ކަނޑައަޅައިފައިވާ ޕީކޭކޭ ޖަމާޢަތަށް މިނިވަންކަމާއެކު ސްވިޑްންގައި ޙަރަކާތްތެރިވެވޭނަމަ އަހުރެމެން ސްވިޑްން ނޭޓޯއަކަށް ނުވައްދާނަމެވެ."

ސްވިޑްންގެ ޚާރިޖީ ވަޒީރު ފީދާން ވަނީ ސްވިޑްންގެ މި ޢަމަލު ކުށްވެރިކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ކިޔައިފައި އިސްލާމް ދީނަށް ބޭއިހުތިރާމުކުރުމުގެ ޢަމަލުތައް ހިންގުމަށް ސްވިޑްނުން ހުއްދަދިނުމަކީ ތުރްކީ ބަލައިގަންނާނެ ކަމެއް ނޫނެވެ.

ސްވިޑްން ނޭޓޯއަށް ވެއްދުމާ ދެކޮޅު ހަދާ ޤައުމުތަކުގެ ތެރޭގައި ހަންގެރީ ވެއެވެ. ހަންގެރީގެ ބޮޑުވަޒީރު އުރްބާން ވިދާޅުވި ގޮތުގައި ހަންގެރީގެ މިއަދުގެ ސިޔާސީ ޙާލަތާ ދެކޮޅު ހެދުމުގެ ޙައްޤު ސްވިޑްނަށް ލިބިގެން ނުވެއެވެ. ސްވިޑްންގެ ވެރިކަމުގެ އެންމެ އިސް އިދާރާތަކުން މި ކަމާ ދެކޮޅުހަދާކަމަށް ބޮޑުވަޒީރު އުރްބާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *