Support Us

ބްރިކްސް ފުޅައުވި ވަރަކަށް އެމެރިކާގެ ބާރު ބަލިކަށިވާނެ

ބްރިކްސް ޖަމާޢަތުގައި ބައިވެރިވާ ދައުލަތްތައް އިތުރުވަމުން ދިޔަ ވަރަކަށް އެމެރިކާގެ ބާރު ބަލިކަށިވަމުންދާނެ ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ. 

އުތުރު ކޮރެއާގެ މަރްކަޒީ ނޫސް އޭޖެންސީން ޝާއިޢުކުރި މަޒްމޫނެއް ބުނާގޮތުގައި އެމެރިކާއިން ޢަސްކަރީ ބާރާއި ޑޮލަރު ބޭނުންކުރަމުންދަނީ ދުނިޔެއަށް އަތްގަދަކުރުމަށް ޓަކައެވެ. މި މަޒްމޫނު ލިޔުއްވީ ބައިނަލްއަޤްވާމީ މަސްއަލަތައް ދިރާސާކުރައްވާ އުތުރު ކޮރެއާގެ ބާހިސެއް ކަމުގައިވާ ޔޮންގ އިލް ހިޔޫނެވެ.

މި މަހުގެ ކުރީކޮޅު ބްރިކްސްގެ އަސާސީ މެންބަރުން (ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ، ދެކުނު އެފްރިކާ) ދެކުނު އެފްރިކާގައި ބޭއްވި ބައްދަލުވުމުގައި ވަނީ މި  ޖަމާޢަތަށް އަލަށް ވަންނަން އެދޭ މެންބަރުންގެ މަސްއަލަ ދިރާސާކޮށްފައެވެ. 

ބްރިކްސްއަށް ވަންނަން އެދޭ މުހިއްމު ޤައުމުތަކުގެ ތެރޭގައި ސުޢޫދީ ޢަރަބިއްޔާ ވެއެވެ. ސުޢޫދީ ޢަރަބިއްޔާއަކީ އިޤްތިޞާދު ވަރުގަދަ ތެލުގެ މުއްސަނދިކަން އޮތް ޢަރަބި ދުނިޔޭގައި ނަގާކިޔާ ޤައުމެކެވެ. 

އުތުރު ކޮރެއާގެ ދާރިސް ވިދާޅުވި ގޮތުގައި ޑޮލަރު ބޭނުންކުރުން މަދުކުރުމަށް ޓަކައި ޙަރަކާތްތެރިވުން އިތުރުވުމާއި ބްރިކްސްގައި ބައިވެރިވާން އެދޭ ޤައުމުތައް އިތުރުވުމުން ޑޮލަރުގެ ސިންގާސަނާ ވެއްޓިގެންދާނެއެވެ.

ޔޮންގް ވިދާޅުވިއެވެ. "ޑޮލަރު ބޭނުންކުރުމާ ދުރުހެލިވާ ޤައުމުތަކާ ދެކޮޅަށް އެމެރިކާއިން ދަނީ ވަރަށް "ހަޑި" ފިޔަވަޅުތަކެއް އަޅަމުންނެވެ. އެމެރިކާއަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކަކާއި މަގުތަކަކުން ލައިފާ އެމެރިކާއިން ދަނީ ޑޮލަރުގެ ބާރު ބާޒާރުގައި ދެމެހެއްޓޭތޯ މަސައްކަތްކުރަމުންނެވެ."

އުތުރު ކޮރެއާއަކީ އަބަދުވެސް ހުރިހާ ކަމެއްގައި އެމެރިކާއާ ދެކޮޅަށް ފާޑުކިޔާ ޤައުމެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *