Support Us

ނާބްލުސްގެ މިސްކިތަކަށް ކުއްތާތަކާއެކު ޔަހޫދީން ވަދެ މުޞްޙަފުތައް ވީދައިފި

ހުޅަނގު އައްސޭރީގެ ތަރްމަސްޢަޔާ ނަކަށް ކިޔާ ރަށުގެ މިސްކިތަށް ޔަހޫދީ ވަޒަންވެރިން ކުއްތާތަކާއެކު އަރައި އެ މިސްކިތުގައި ހުރި ބައެއް މުޞްޙަފުތައް ވީދައި އުކާލައިފިއެވެ.

މީގެ އިތުރުން ޔަހޫދީ ވަޒަންވެރިންތަކެއް ދުކުނު ނާބްލުސްގެ ޖާލޫދު ރަށަށް އިސްރާއީލު ސިފައިންގެ ޙިމާޔަތާއެކު އަރައި ފަލަސްޠީނު މީހުންގެ ގެދޮރަށް ޙަމަލާދީ ގެއްލުންތައް ވަނީ ދީފައެވެ. މި ރިޕޯޓަރު ބުނާގޮތުގައި މި ރަށުގެ ވަޒަންވެރިން ނުކުމެ ޔަހޫދީންނަށް ހުރަސްއެޅުމުން ކުރިމަތިލުންތައް ހިނގިއެވެ. މި ކަމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމުވިއެވެ. 

ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި ޖާލޫދަށް އެރި ޔަހޫދީން ފަލަސްޠީނު މީހުންނަށް ޙަމަލާދީފައި ވަނީ ޙަޤީޤީ ވަޒަނުންނާއި ރަބަރު ވަޒަނުންނެވެ. ފަލަސްޠީނުގެ ޒުވާނެއްގެ ބަނޑަށް ޙަޤީޤީ ވަޒަނެއް އެރިއެވެ. އަދި ފަލަސްޠީނުގެ އެހެން ޒުވާނެއްގެ ބޮލަށް ރަބަރު ވަޒަނެއް އެރިއެވެ.

ފަލަސްޠީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ ބުނާގޮތުގައި ޖާލޫދަށް އެރި ޔަހޫދީ ވަޒަންވެރިން ގަލުން ދިން ޙަމަލާގެ ސަބަބުން ތިން ޒުވާނަކު ޒަޚަމުވިއެވެ. އަދި އެމީހުން ދިން ބަޑީގެ ޙަމަލާތަކުގެ ސަބަބުން ދެ ޒުވާނަކު ޒަޚަމުވިއެވެ. ޔަހޫދީ ވަޒަންވެރިން ވިހަ ކަރުނަ ގޭސް ބޭނުންކުރުމުގެ ސަބަބުން ފަލަސްޠީނުގެ އެތައް ބަޔަކު ނޭވާ ހާސްވެގެން ފަރުވާދޭން ޖެހުނެވެ. 

ޔަހޫދީ ވަޒަންވެރީންގެ ބަޔަކު ތަރްމަސްޢަޔާގެ މިސްކިތަށް ކުއްތާތައް ގޮވައިގެން އަރައި އެ މިސްކިތުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައި މުސްޙަފުތައް ވީދައި އުކައިލިއެވެ. ތަރްމަސްޢަޔާއަށް ޔަހޫދީ ވަޒަންވެރިން މިދިޔަ ބުދަ ދުވަހުވެސް ވަނީ އަރައި އެ ރަށުގެ އަހްލުވެރީންނަށް ޙަމަލާދީ ގޭގެއަށާއި ކާރުތަކަށް ގެއްލުންދީފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *