އަމީރުލް ހައްޖުގެ ގޮތުން މި އަހަރު ރާއްޖެއިން ހައްޖަށް ވަޑައިގަންނަވާ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް މިރޭ މައްކާ އަށް ފުރާވަޑައިގެންފިއެވެ.
އަމީރުލް ހައްޖުގެ ގޮތުގައި ވަޒީރުން ފެންވަރުގެ ބޭފުޅަކު ކޮންމެ އަހަރަކު ވެސް ސަރުކާރުން ފޮނުވައެވެ.
ދިވެހި ޙައްޖާޖީންގެ އެންމެހާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމަޔަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment