Support Us

FILE PHOTO: Plastic letters arranged to read "Sanctions" are placed in front the flag colors of EU and Russia in this illustration taken February 28, 2022. REUTERS/Dado Ruvic/Illustration

ރަޝިޔާއާ ދެކޮޅަށް ޔޫރަޕުން އަޅާ ދަތިކުރުމުގެ 11 ވަނަ ފިޔަވަޅު އިޢުލާންކޮށްފި

 

ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ 11ވަނަ ފިޔަވަޅު ފާސްކޮށް މިއަދު އިޢުލާންކޮށްފިއެވެ.

ޔޫރަޕްގެ އިއްތިޙާދުގެ މި ދައުރުގެ ރައީސް ސްވިޑްން ބުނާގޮތުގައި ބްރަސަލްސްގައި މި އިއްތިޙާދުގެ ސަފީރުން މި ފިޔަވަޅުތަކަށް މިއަދު ވަނީ އެއްބަސްވެ ވަޑައިގަތްފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ޔޫރަޕްގެ އިއްތިޙާދުން ކުރިން އަޅައިފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އޮޅުވައިލުމަށް ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް ފިޔަވަޅުއެޅުން ވެސް ހިމެނެއެވެ.

މި އިއްތިޙާދުގެ ރައީސާ އުރްސުއޭލާ ވޮންޑަރ ލާއިން ހާމަކުރެއްވި ގޮތުގައި މި އައު ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއާއެކު ވިޔަފާރިކުރުން ވެސް ހުއްޓުވޭނެއެވެ. އަދި ކްރެމްލިނަށް ވާގިވެރިވާ ފަރާތްތަކާ ދެކޮޅަށް އެޅާ ފިޔަވަޅުތައް ވެސް އިތުރު ކުރެވޭނެއެވެ.

މި ނިންމުމާ ފަރަލިކޮށް ޔުކްރޭން އަލުން ތަޢުމީރުކުރުމާ ބެހޭ ލަންޑަން މަހާސިންތާގައި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ވަނީ އިތުރު އެތައް ބިލިއަން ޑޮލަރުގެ އެހީ ޔުކްރޭނަށް ދިނުމަށް ނިންމައިފައެވެ. ޔޫރަޕިއަން ކަމިޝަންގެ ރައީސާ ވިދާޅުވާ ގޮތުގައި ޔޫރަޕްގެ އިއްތިޙާދުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 50 ބިލިޔަން ޑޮލަރުގެ އެހީ ޔުކްރޭނަށް ދޭނެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވާ ގޮތުގައި އެމެރިކާއިން އިތުރަށް 1.3 ބިލިއަން ޑޮލަރު ދޭނެއެވެ.

ޔުކްރޭންގެ ރައީސް ޒިލެންސްކީ މި ކަމަށް މަރްޙަބާ ވިދާޅުވަމުން ވިދާޅުވިއެވެ. "ކިޔީވް ބޭނުން ވަނީ ހަމައެކަނި މިހާރުގެ ޙާލަތުން އަރައިގަނެ ކުރީގެ ދުޅަހެޔޮކަމަށް ރުޖޫޢަވާކަށް ނޫނެވެ. މީގެއިތުރަށް ހުޅަނގުގެ ދުނިޔޭގައި ބާރުގަދަ މެންބަރަކަށް ވުމަށް ވެސް ޔުކްރޭން އެދެއެވެ."

އަނެއްކޮޅުން ޔުކްރޭނުން ފަށައިފައިވާ އިދިކޮޅު ޙަމަލާއަށް އިޝާރާތްކުރައްވާ ރޫސީ ރައީސް ޕޫޓިން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ދުޝްމަނުންނަށް އެއްވެސް ފުރްޞަތެއް ލިބިގެން ނުވެއެވެ."

ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭނުން ފެށި ޙަމަލާތައް މިހާރު ވަނީ ހަމަހިމޭން ވެފައެވެ. އެއީ މީހުންނަށާއި ހަތިޔާރުތަކަށް ލިބުނު ގެއްލުންތައް ބޮޑުކަމުން ހަމަނޭވާލާން ވަގުތުކޮޅަކަށް ބޭނުންވާތީއެވެ. އެހެނަސް ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭން އަތުން ހަތިޔާރު އަދި ހުހެއް ނުވެއެވެ.

ރަޝިޔާގެ ޢަސްކަރީ ކޮލެޖުތަކުގެ ދަސްވެނީންނާ ބައްދަލުކުރައްވަމުން ރައީސް ޕޫޓިން ވިދާޅުވިއެވެ. "ފެންނަފެނުމުގައި ދުޝްމަނުން ތައްޔާރުވަމުން ދަނީ ގެއްލުން ލިބި ހަލާކުވި ފައުޖުތައް އަލުން ބިނާކުރެވޭތޯއެވެ." ކުރިމަގުގައި އެ މީހުންނަށް އަދި މާ ބޮޑެތި ގެއްލުންތައް ބަރުދާސްތުކުރަން ޖެހޭނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ. ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭނަށް ފުރްޞަތެއް ނެތްކަން އެނގުނަސް އެމީހުން "ބޮނޑިއެއް އެޅޭތޯ" މަސައްކަތް ކުރާނެއެވެ.

ޕޫޓިން ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ނިޔުކްލިޔަރ ތިން ބާރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ޑްރޯން އުފެއްދުން ފުޅައުކޮށް ތަރައްޤީ ވެސް ކުރާނެއެވެ.

މި ސިޔާޤުގައި ރޫސީ ދިފާޢީ ވަޒީރު ޝްވިގޯ ވިދާޅުވިއެވެ. "މުޅި ހުޅަނގު މި ވަނީ ރަޝިޔާއާ ދެކޮޅަށް ޙަޤީޤީ ހަނގުރާމައެއް އިޢުލާންކޮށްފައެވެ."

އޭނާ ވިދާޅުވި ގޮތުގައި "ހުޅަނގަށް ލިބިފައިވާ ހުރިހާ ބާރުތަކަކާއި ކެރިފޯރުންތެރިކަމެއް ބޭނުންކޮށްގެން މަސައްކަތް މި ކުރަނީ ރަޝިޔާ ބިންދައިލެވޭތޯއެވެ. މި ކަމަށް ޓަކައި ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ނިރުބަވެރި ޢަމަލުތައް ދަނީ ހިންގަމުންނެވެ. ކިޔީވަށް ދަނީ އިންތިހާއަށް އެހީވަމުންނެވެ."

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *