Support Us

ޗައިނާގެ ރައީސަކީ ޚުދްމުޚްތާރު ވެރިއެއް: ބައިޑްން

ޗައިނާގެ ރައީސް ޝީ ޖިންޕިންގަކީ ޚުދްމުޚްތާރު ވެރިއެއް ކަމަށް ސިފަކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑްން ވާހަކަފުޅުދައްކަވައިފިއެވެ. ބައިޑްން ވިދާޅުވިގޮތުގައި އެމެރިކާ މައްޗަށް އެރި ޗައިނާގެ ބެލޫނި ވައްޓައިލުމުން ރައީސް ޝީ ވަރަށް ކަންބޮޑުވެ ވަޑައިގަތެވެ.

ރައީސް ބައިޑްން މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެނާ ބޭޖިންގްގައި ރައީސް ޝީ ބައްދަލުކުރެއްވިތަނާއެވެ.

ރައީސް ބައިޑްން ކެލިފޯނިޔާގައި އޭނާގެ އިންތިޚާބީ ޙަމަލާއަށް ފައިސާ ހޯއްދެވުމުގެ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި އެމެރިކާއިން ވައްޓައިލި ޗައިނާގެ "ޖާސޫސީ ބެލޫނީގައި ޖާސޫސީ ސާމާނުތައް ހުރިކަން ޝީއަށް އެނގިވަޑައެއް ނުގަންނަވައެވެ." މި ކަން ވީ ރައީސް ޝީއަށް ވަރަށް ބޮޑަށް ހާސްކަން ލިބވަޑައިގެންނެވި ކަމަކަށެވެ.

އޭނާ ވިދާޅުވިއެވެ. "މިއީ ޚުދްމުޚްތާރުވެރިން ވަރަށް ކަންބޮޑުވާނެ ކަމެކެވެ. އެމީހުންގެ ޤައުމުގައި އެމީހުންނަށް ނޭނގި އެއްވެސް ކަމެއް ހިނގައިގެން ނުވާނެއެވެ." ބައިޑްން ވިދާޅުވި ގޮތުގައި މި ބެލޫނި ދަތުރުކުރަން އޮތް މަގުން ކައްސައިލީއެވެ. އެމެރިކާތެރެއަށް ވަނީ މިހެންވެގެންނެވެ. މި ޙާދިސާގެ ސަބަބުން ޗައިނާ- އެމެރިކާ ގުޅުންތައް ވަރަށް ނުތަނަވަސްވެގެން ދިޔައެވެ. މި ދެ ޤައުމުގެ މަސްއޫލުވެރީންގެ ދަތުރުފުޅުތައް ވެސް ހުއްޓިގެން ދިޔައެވެ.

ރައީސް ބައިޑްން ވިދާޅުވި ގޮތުގައި ޗައިނާ ވަނީ އިޤްތިޞާދީ ޙަޤީޤީ ދަތިތަކެއް ކުރިމަތިވެފައެވެ. އެ ޤައުމުގެ ޞިނާޢީ އުފެއްދުންތަކާއި ސްޕެއަރ ވިކުން ވަނީ ލަފާނުކުރެވޭ މިންވަރަކަށް ދަށަށް ގޮސްފައި ކަމަށް ބައިޑްން ވިދާޅުވިއެވެ.

އެހެނަސް ބައިނަލްއަޤްވާމި ބޭންކް ބުނާގޮތުގައި 2023 ގައި އެމެރިކާގެ އިޤްތިޞާދީ ހެދިބޮޑުވުމުގެ މިންވަރެއް ކަމަށް ލަފާކުރެވެނީ އެންމެ 1.1% އެވެ. ޗައިނާގެ އިޤްތިޞާދަށް 5.6% ކުރިއެރުމެއް ލިބޭނެއެވެ.

ރައީސް ބައިޑްން ހޯމަ ދުވަހު ވިދާޅުވި ގޮތުގައި ޗައިނާ- އެމެރިކާ ގުޅުންތައް ކުރިއަށް ދަނީ ރަނގަޅު މަގުންނެވެ. ޚާރިޖީ ވަޒީރު ބްލިންކަންގެ ޗައިނާ ދަތުރުފުޅުގެ ސަބަބުން މި ކަމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ. ރައީސް ބައިޑްން ވިދާޅުވި ގޮތުގައި ސަލާމަތީ ހަތަރު ޤައުމުގެ ޖަމާޢަތުގެ ސަބަބުން ޗައިނާ ވަރަށް ކަންބޮޑުވެއެވެ. މި ހަތަރު ޤައުމަކީ އެމެރިކާއާއި ޖަޕާނާއި އޮސްޓްރޭލިޔާއާއި އިންޑިޔާއެވެ. މި ޖަމާޢަތް އުފެއްދީ ޗައިނާ ވަށައިލުމަށް ނޫން ކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *