Support Us

މެދުފާރު ތަޅާލައި އެއްކޮށްލި ހިޔާގެ ދެ ފުލެޓް 

މެދުފާރު ތަޅާލި ދެ ފްލެޓް ނާތުލާން ނިންމައިފި، ޖޫރިމަނާ ދައްކަންޖެހޭ

މެދުފާރު ތަޅާލައި ހިޔާގެ ދެ ފުލެޓެއް އެއްކޮށްލުމުން އެ ފްލެޓް އަތުލަން ނިންމައި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނިކޮށް، މެދުފާރު އަލުން ރޭނުމުގެ މަސައްކަތް ކުރާތީ، އެކަމަށް އިތުރު މުއްދަތެއް ދީ، ފްލެޓް ނާތުލާ ގޮތަށް އާބަންކޯ އިން ނިންމައިފިއެވެ. އަދި ފްލެޓު އަތުނުލި ނަމަވެސް، ޖޫރިމަނާއަށް ބަދަލެއް ނުގެންނާނެ ކަމަށް އާބަންކޯ އިން ބުނެއެވެ.

"މި ކޯޕަރޭޝަންގެ ފަރާތުން ވަނީ އެ ފަރާތްތައް ޖޫރިމަނާކޮށް، ޔުނިޓުތައް ހަވާލުކުރިއިރު ހުރި ގޮތަށް އަލުން ބަދަލު ކުރުމަށް އަންގާފައެވެ. މިކަން ކުރުމަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލެޓުގެ ވެރިފަރާތުން މި ކޯޕަރޭޝަނަށް ހުށަހަޅާފައިވާތީ، މި ހުށަހެޅުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލާ އިތުރު ހަތް ދުވަހުގެ ފުރުސަތެއް ޔުނިޓްތަކަށް ގެނެސްފައި ބަދަލުތައް ހައްލު ކުރުމަށް ވަނީ ދެވިފައެވެ." އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެއެވެ. "އަދި މި މުއްދަތުގެ ތެރޭގައި އެ ފަރާތުން އެ މަސައްކަތް ފަށާފައި ވާތީ، ފުލެޓް އަތުނުލުމަށް މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް ކޮށްފައިވާ ޖޫރިމަނާއަށް އެއްވެސް ލުއެއް މި ކޯޕަރޭޝަނަކުން ނުދޭނެއެވެ. މި ކޯޕަރޭޝަނުން މަސައްކަތް ކުރަމުން މިދަނީ މިފަދަ ކަންކަން ތަކުރާރުވެ ނުދިއުމަށެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *