Support Us

ގޮވާމާބެހޭ އެއްބަސްވުުމުގެ ތިން ޝަރްޠެއް ފުއްދައިދިނުމަށް އދ ނުކުޅެދޭ

ޔުކްރޭންގެ ގޮވާން ބޭރުކުރުމަށް ހުއްދަދޭ އެއްބަސްވުމުގައި ރަޝިޔާއިން ޝަރްޠުކޮށްފައިވާ ފަސް ޝަރްޠުގެ ތެރެއިން ތިން ޝަރްޠު ފުއްދައިދިނުމުގެ ޤާބިލުކަން އދ އަށް ލިބިފައިނުވާ ކަމަށް އދ އެއްބަސްވެއްޖެ އެވެ.

ރޫސީ ޚާރިޖީ ވަޒީރުގެ ނައިބު ސަރގީ ވަރޝިނިން (ފޮޓޯގައި) ހާމަކުރެއްވި ގޮތުގައި މި މަހު ނުވަ ވަނަ ދުވަހު ޖެނީވާގައި ބޭއްވުނު ގޮވާމާބެހޭ އެއްބަސްވުމާ ބެހޭ މަޝްވަރާތަކުގައި އދ ވަނީ ރަޝިޔާގެ ޝަރްޠުތައް ފުއްދައިދިނުމަށް އދ ނުކުޅެދިފައި ކަމަށް އެއްބަސްވެފައެވެ. ރަޝިޔާއިން އެދިފައިވާ ފަދައިން އެމޯނިޔާއާ ބެހޭ ޓޮލިޔާޓީ– އޮޑީސާ ޕައިޕްލައިންގެ މަސްއަލައާއި، ރަޝިޔާގެ ދަނޑުވެރިކަމާ ބެހޭ ބޭންކް "ރޫސް ސިލްޚޯޒު ބޭންކް" ބައިނަލްއަޤްވާމީ ސްވިފްޓް ނިޒާމަށް އިޢާދަކުރުމުގެ މަސްއަލައާއި ރަޝިޔާގެ ދަނޑުވެރިކަމަށް ބޭނުންވާ ސްޕެއަރ އާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުގެ މަސްއަލަ އަދިވެސް ވަނީ ޙައްލުކޮށް ނުދީއެވެ.

ރޫސީ ޚާރިޖީވަޒީރުގެ ނައިބު ވަރޝިނިން ވިދާޅުވިއެވެ. "މި ތިން މަސްއަލައަކީ ވަރަށް މުހިއްމު ތިން މަސްއަލައެވެ." ޙަޤީޤަތަށް ބަލާއިރު އެންމެ ފަހުގެ މަޝްވަރާތަކުގައި މި މަސްއަލަތަކުގައި އދ އަށް އެއްވެސް ކަމެއް ކޮށްދެވެން ނެތްކަމަށް އދގެ މަސްއޫލުވެރީން ވިދާޅުވިއެވެ. ރޫސީ މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި މިއިން ކަމެއް ކުރެވިދާނެކަމަކަށް ލަފައެއް ނުކުރެވެއެވެ.

ރޫސީ މަސއޫލުވެރިޔާ ވިދާޅުވިއެވެ. "މަސްއަލައަކީ މުހިއްމު މަސްއަލަތަކެކެވެ. ޙައްލު ނުކުރެވެންޏާ އެއްބަސްވުމެއް ނޯންނާނެއެވެ." 

އޭނާގެ ކުރިން ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގައި ހިމެނޭ ރަޝިޔާގެ ބައި މި ޖުލައި 17ގެ ކުރިން ޙައްލުކޮށްނުދީފިނަމަ ގޮވާމާ ބެހޭ އެއްބަސްވުމުގެ މުއްދަތު އިތުރެއް ނުކުރެވޭނެއެވެ. 

ގޮވާން ބޭރުކުރުމާ ބެހޭ ކަޅުކަނޑުގެ އިސްނެގުމުގައި ތުރްކީއާއި އދ މެދުވެރިވެގެން ރަޝިޔާއާއި ޔުކްރޭން ސޮއި ކުރީ ޖުލައި 2022 ގައެވެ. މި އެއްބަސްވުމުގެ ދަށުން ރޫސީ ކަނޑުގެ ފްލީޓުގެ ޙިމާޔަތުގައި ޔުކްރޭނުން ދަނީ ގޮވާން ބޭރުކުރަމުންނެވެ. މި އެއްބަސްވުމުގެ ދަށުން ރަޝިޔާގެ ގޮވާމާއި ކާދު ވެސް ބޭރުކުރެވެން ޖެހޭނެއެވެ. އެކަމަކު އެ ކަމެއް ނުކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *