އެމެރިކާގެ ޚާރިޖީވަޒީރު އެންޓަނީ ބްލިކަންގެ ދަތުރުފުޅުގެ ސަބަބުން އެ ދެ ޤައުމުގެ ގުޅުންތައް ހަރުދަނާވެގެން ދިޔުމަށް އުންމީދުކުރައްވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.
ބްލިކަނާ ބޭޖިންގގައި މިއަދު ބައްދަލުކުރެއްވުމަށްފަހު ޗައިނާގެ ރަސްމީ ޓީވީ ސީޖީޓީއެންއާ ވާހަކަފުޅު ދައްކަވަމުން ރައީސް ޝީ ވިދާޅުވިއެވެ. "ދެދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އޮންނަން ޖެހޭނީ ތެދުވެރިކަމާއި އިޙްތިރާމުގެ މަތީގައެވެ. ވަޒީރު ބްލިންކަންގެ ދަތުރުފުޅުގެ ސަބަބުން ޗައިނާ އެމެރިކަ ގުޅުންތައް ހަމަޖެހުންމަތީގައި އޮތުމަށް ޖާމިނުވުން ލިބޭނެކަމަށް އުންމީދު ކުރަމެވެ."
ޝީ ކަށަވަރުކޮށްދެއްވި ގޮތުގައި "ދެ ފަރާތަށް ވެސް ވަނީ ކުރިއެރުމެއް ޙާޞިލް ކުރެވިފައެވެ. ކަނޑައެޅިފައިވާ ނުކުތާތަކަކާމެދު އެއް ފަރާތް އަނެއް ފަރާތް ދެނެގަނެ މޭރުންވުމުގައި ވަނީ ރަގަނޅު ތަޅުމެއް މައްޗަށް އެރިފައެވެ." ޗައިނާގެ ރައީސް ޝީ ޖިންޕިންގ ސިފަކުރެއްވި ގޮތުގައި "މިއީ ރަނގަޅު ކަމެކެވެ."
މިއަދަކީ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަންގެ ޗައިނާ ދަތުރުފުޅުގެ އެންމެ ފަހު ދުވަހެވެ. މި ދަތުރުފުޅުގައި ރައީސް ޝީއާ ބައްދަލުކުރެއްވިދާނެކަމުގެ މާ ބޮޑު އުންމީދެއް ނެތެވެ. ރައީސް ޝީގެ ކުރިން އޭނާ ވަނީ ޗައިނާގެ ޚާރިޖީވަޒީރާއި ޚާރިޖީ ސިޔާސަތު ކަނޑައަޅާ މަރްކަޒީ ކޮމެޓީގެ އިސް މަސްއޫލުވެރިޔާއާ ބައްދަލުކުރައްވާ ރަސްމީ ވާހަކަދެއްކުންތައް ބާއްވަވައިފައެވެ.



advertisment