Support Us

ހުޅަނގު އައްސޭރީގެ ޖަނީނަށް އިސްރާއީލުން އެރުމުން ކުރިމަތިލުންތަކެއް ހިނގައިފި

އިސްރާއީލަށް ބޭނުންވާ ފަލަސްޠީނު ބަޔަކު ހައްޔަރުކުރަން ވެގެން އސްރާއީލު ސިފައން މިއަދު ހެނދުނު ހުޅަނގު އައްސޭރީގެ ޖަނީނަށް އެރުމުން ފަލަސްޠީނުގެ ފިދާއީންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގައިފިއެވެ. މި ކުރިމަތިލުމުގައި އިސްރާއީލުގެ ސިފައިންގެ ވަޒަންތަކުން ފަލަސްޠީނގެ 10 މީހަކު ޒަޚަމުވިއެވެ.

ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ސަރާޔާ އަލްޤުދްސު ބުނާގޮތުގައި އެ ފިޔައިގެ ޖަނީން ފައުޖު މިހާރު ދަނީ އިސްރާއިލު ސިފައިންނާ ކުރިމަތިލަމުންނެވެ. މި ކުރިމަތިލުންތައް ހިނގަމުންދަނީ ޖަނީން ފޭލިގެއަވަށުގެ ޖާބިރިއްޔާތު ސަރަޙައްދުގައެވެ. 

މި ކުރިމަތިލުންތައް ފެށުނީ އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ އެތައް ރަށްތަކަކަށް އަރައި ފަލަސްޠީނުގެ ފަސް މީހަކު ހައްޔަރުކުރުމާ ވިދިގެންނެވެ. އިސްރާއީލު ބުނާގޮތުގައި އެމީހުން ބައިތު ލަޙްމުގެ ރަށްބޭރުގައި އޮންނަ ހޫސާނުން ތިން މީހުން، ދެކުނު ނާބްލުސްގެ ޙުއްވާރާއިން އެކަކު އަދި ޖަނީން ސަހަރުގެ ދެކުނުގެ ރަށެއް ކަމުގައިވާ ޢައްރާބާ އިން ކުޑަ ކުއްޖަކު ހައްޔަރުކުރިއެވެ. 

އިސްރާއީލު ބުނާގޮތުގައި މި މީހުން ހައްޔަރުކުރުމުގެ ތެރޭގައި އިސްރާއީލު ސިފައިންނަށް ބަޑިންނާއި ގޮވާއެއްޗެހިން ޙަމަލާދިނެވެ. ހައްޔަރުކުރި ފަލަސްޠީނު މީހުން މިހާރު ވަނީ ހައްޔަރީންގެ މަރްކަޒަކަށް ގެންގޮސްފައެވެ.

އިސްރާއީލުގެ ޚަބަރު ފަތުރާ ވަސީލަތްތައް ދެންމެ ފެތުރި ޚަބަރެއް ބުނާގޮތުގައި ފަލަސްޠީނުގެ ފިދާއީންގެ ދަންތުރައެއްގައި ޖެހިގެން އިސްރާއީލު ސިފައިންގެ ފަސް މީހަކު ވަނީ ޒަޚަމުވެފައެވެ. އަދި ސްކައިނިވްޒް ބުނާގޮތުގައި މި މީހުން ޒަޚަމުވީ އިސްރާއީލު ސިފައިންގެ އުޅަނދަކަށް ފިދާއީން ފިލައިތިބެފާ އެއްލި ގޮވާއެއްޗެއްގެ ސަބަބުންނެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *