ޔުކްރޭނުގެ ޢަސްކަރީ ބާރުތަކަށް ރޫސީ ދިފާޢީ ފުރަތަމަ ސަފުތައް ފޫއަޅުވައިލުން ވަރަށް އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނެފިއެވެ. މިކަމުގެ ސަބަބަކީ ޔުކްރޭނުން ދެމުންދާ ޙަމަލާތަކުގައި ޢަސްކަރީ މުހިއްމު ވަރަށް ގިނަ ހަތިޔާރުތަކެއް ކިޔީވަށް ގެލިފައިވާތީއެވެ.
މި ނޫހުގައި ޝާއިޢުކޮށްފައިވާ މަޒްމޫނެއްގައި އައިސްފައި ވެއެވެ. "ރޫސީން ހަނގުރާމަ ކުރަމުންދަނީ ވަރަށް ރަނގަޅަށް ތައްޔާރުކޮށްފައިވާ ތަންތާނގައި ތިބެގެންނެވެ. އެމީހުން ވަނީ ބޮޑުބަޑިއަށް ބޭނުންވާ އުންޑައާއި އެމިޔުނިޝަން ފުދޭ ވަރަށް ވުރެވެސް ގިނައިން ޖަމާކޮށްފައެވެ. މީގެ އިތުރަށް އެމީހުންގެ އަތުގައި ޑްރޯން ވަރަށް ގިނައިން އެބަހުއްޓެވެ."
މި ނޫސް ބުންޏެވެ. "ހުޅަނގުން ވަރަށް ބޮޑަށް އިންތިޒާރު ކުރި އިދިކޮޅު ޙަމަލާއިން ވަރަށް ކުޑަކުޑަ ނަތީޖާއެއް ނޫނީ ނެރެދެވިފައެއް ނުވެއެވެ. މި ޙަމަލާއަށް މިހާރު ދެ ހަފުތާވެއްޖެއެވެ. އެމީހުންނަށް ހިފުނު ކަމަށް ބުނާ މައި ސަހަރުން ބޭރުގެ ދެތިން ރަށެއް ހިފުނީ ރޫސީން ޖެއްސި ދަންތުރައެއްގެ ސަބަބުންނެވެ. ރޫސީ ސިފައިން މި ތަންތަނުން ފައިބައިފާ ފަހަތުން އައިސް ޔުކްރޭން ސިފައިންގެ ފައުޖުތައް ވަނީ ކަތިލައިފައެވެ."
މި ނޫސް ބުނާގޮތުގައި "ބިންމައިންގެ ކަނޑުތަކުންނާއި ބޮޑުބަޑިތަކުންނާއި ޑްރޯންތަކުން ޙިމާޔަތްކޮށްފައިވާ" ރޫސީ ސިފައިންގެ އިސް ސަފުތައް ޔުކްރޭން ސިފައިންނަށް ފޫއަޅުވައިލައެއް ނުލެވޭނެއެވެ. މި ދިފާޢުތައް ފޫއަޅުވައިލުމަށް ކިޔީވުން ތައްޔާރުކޮށްފައިވާ ގިނަ އާލަތްތަކާއި ހަތިޔާރުތައް ރަޝިޔާއިން ވަނީ ފުނޑުފުނޑުކޮށް ނައްތައިލައިފައެވެ. މި ނޫސް ބުނާގޮތުގައި ބިންމައިންގެ ދަނޑުތަކުތެރެއިން ޔުކްރޭން ސިފައިންނަށް ކުރިއަކަށް ނުދެވޭނެއެވެ. އެމީހުންގެ ގައިގައި އެފަދަ ހިތްވަރެއް ވެސް ނެތެވެ.
މި ނޫސް ބުނާގޮތުގައި އެއްގަމު މަގުން ޔުކްރޭން ސިފައިންނާ ކުރިމަތިވެފައިވާ ހަމައެކަނި ގޮންޖެހުމަކީ ބިންމައިން ދަނޑުތަކެއް ނޫނެވެ. ރޫސީ ހެލިކޮޕްޓަރުތަކާއި ޑްރޯންތަކުގެ އަލިފާނަކީ ވެސް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކެކެވެ. ޔުކްރޭން ސިފައިން މަތިން ޙިމާޔަތްކޮށްދޭނެ ވައިގެ ބާރެއް ވެސް ނެތެވެ.



advertisment