Support Us

ރަޝިޔާއާއި ޖަޒާއިރާ ދެމެދުގައި އިސްތިރާތީޖީ ފުޅައު ގުޅުންތަކެއް

ރޫސީ ރައީސް ޕޫޓިން ޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތައްބޫނާ މޮސްކޯގައި މިއަދު ރަސްމީ ވާހަކަދެއްކުންތައް  ބާއްވަވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ފުޅައު ދާއިރާއެއްގައި އިސްތިރާތީޖީ ގުޅުންތައް ބަދަހިކުރުމާ ބެހޭ އެތައް އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ.

މިއަދުގެ ބައްދަލުވުން ފަށްޓަވައި ދެއްވަމުން ރައީސް ޕޫޓިން ވިދާޅުވިއެވެ. "ޖަޒާއިރާއި ރަޝިޔާއާ ދެދުގައިވާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ފުޅައުވެ ތަރައްޤީވެފައެވެ. މި އިސްތިރާތީޖީ ގުޅުން އިތުރަށް ފުންކޮށް ބަދަހިކުރުމަށް ޓަކައި އެތައް އެއްބަސްވުންތަކެއްގައި  އަޅުގަނޑުމެން މިއަދު އެބަ ސޮއިކުރަމެވެ." 

ޖަޒާއިރުގެ ރައީސް ތައްބޫން ވިދާޅުވި ގޮތުގައި "ބައިނަލްއަޤްވާމީ ޙާލަތުގެ ސަބަބުން ރަޝިޔާ– ޖަޒާއިރު ގުޅުންތަކަށް އެއްވެސް ނުބައި އަސަރެއް ނުކުރާނެއެވެ. އެއީ 60 އަހަރުވެފައިވާ އާރުލާ ބަދަހި ގުޅުމެކެވެ. ޖަޒާއިރަށް މިނިވަންކަން ހޯދައިދިނުމަށް އެންމެ ބޮޑަށް ވާގިވެރިވެ އެހީވެދިނީ ސޮވިއެޓް ޔުނިޔަނުންނެވެ."

ތައްބޫން ވިދާޅުވި ގޮތުގައި "ޖަޒާއިރަށް ސަލާމަތީ މަޖިލީހުން ގޮނޑިއެއް ލިބުނީ ރަޝިޔާފަދަ ރަޙްމަތްތެރި ޤައުމުތަކުގެ ސަބަބުންނެވެ. މި ގޮނޑި ލިބޭނީ ޖަނަވަރީ 2024 ގައެވެ." އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ މުހިއްމު ދައުރެއް އަދާކުރާ ބްރިކްސް ޖަމާޢަތުގައި ޖަޒާއިރުން ވަރަށް އަވަހަށް ބައިވެރިވާނެއެވެ.

ރޫސީ ބޮޑުވަޒީރު މީޚާއީލް މިޝޮސްޓެން އިއްޔެ ޖަޒާއިރުގެ ރައީސާ ވަކިން ބައްދަލު ކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އިސްތިރާތީޖީ ޝާމިލު އަތުގުޅައިލުމަކުން އަތުގުޅައިލުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ކަމުގެ ސަބަބުން ރޫސީ– ޖަޒާއިރު ގުޅުން ޚާއްޞަ ގުޅުމަކަށް ބަދަލުވެގެންދާނެއެވެ." 

އޭނާ ވިދާޅުވިއެވެ. "ރޫސީ ސަރުކާރާއި ޖަޒާއިރު ސަރުކާރުން މި އެއްބަސްވުންތައް ތަންފީޒުކުރުން ޖާމިނުކޮށްދިނުމަށް ޓަކައި ގުޅިފައިވާ ވިލަރެސް ކޮމެޓީއެއް އެކުލަވައިލާނެއެވެ."  

ޖަޒާއިރުގެ ރައީސް ތައްބޫން ރަޝިޔާއަށް ވަޑައިގެންނެވީ ރައީސް ޕޫޓިންގެ ޚާއްޞަ ދަޢުވަތަކަށް އަންގާރަދުވަހުއެވެ. 

ރަޝިޔާގެ ސޭން ޕީޓާރސްބަރގްގައި މި މަހު 14 އިން 17 އަށް ބޭއްވޭ ބައިނަލް އަޤްވާމީ އިޤްތިޞާދީ ސިންތާގައި ރައީސް ތައްބޫން މި ދަތުރުފުޅުގެ ތެރޭގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *