Support Us

ރާއްޖެ- ސީޝެލްސް ހަތަރު އެއްބަސްވުމެއް ބަދަލުކޮށްފި

ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ހަތަރު އެއްބަސްވުމެއް މިއަދު ބަދަލުކުރައްވައިފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސީޝެލްސްގެ ރައީސް، ވޭވަލް ރާމްކަލާވަން ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ޤައުމުގެ މެދުގައި މިއަދު ބަދަލުކުރެއްވި އެއްބަސްވުންތައް؛

1. އެގްރީމެންޓް އޮން ޝޯޓް ސްޓޭ ވިސާ ވެއިވަރ؛
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ސިލްވެސްތް ރަޑެގޮންޑެއެވެ. މި އެއްބަސްވުމުގެ ދަށުން، ދެޤައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހި ދަތުރުފަތުރުކުރުމަށް ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މި އެއްބަސްވުމާއެކު ދެ ޤައުމުގެ އިޖްތިމާޢީ އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.

2. އެގްރީމެންޓް ކޮންސަރނިންގ އެއަރ ސަރވިސަސް؛
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ސިލްވެސްތް ރަޑެގޮންޑެއެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، އިޤުތިޞާދަށް ކުރިއެރުން ލިބި، ރައްކާތެރި، ހަރުދަނާ ގޮތެއްގައި ވައިގެ ދަތުރުފަތުރުތައް ކުރިއަށް ގެންދެވޭނެއެވެ.

3. ޕްރޮޓޮކޯލް އޮންދަ ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސިޝަނަލް އޯގަނައިޒްޑް ކްރައިމް އެންޑް އަދަރ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސް؛
މި ޕްރޮޓޮކޯލްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ސިލްވެސްތް ރަޑެގޮންޑެއެވެ. މި ޕްރޮޓޮކޯލްގެ މަޤުޞަދަކީ ކަނޑުފޭރުން ފަދަ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތައް ހުއްޓުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި މި ޕްރޮޓޮކޯލްގެ ސަބަބުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.

4. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ފޮރ ޔޫތު ޑިވެލޮޕްމަންޓް ކޯޕަރޭޝަން:
މި މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ސިލްވެސްތް ރަޑެގޮންޑެއެވެ.
މި މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގގެ މަޤުޞަދަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި ޢިލްމާއި ތަޖުރިބާ އާއި ވަސީލަތްތައް ޙިއްޞާކޮށް، ޤާބިލްކަން އިތުރުކޮށް އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ފަދަ ތަފާތު ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ދިގު މުއްދަތަށް އެއްބާރުލުން ޤާއިމްކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *