ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އަނބިކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ބުނީ ސީޝެލްސްގެ ރައީސްގެ ދެކަނބަލުން، މާދަމާއިން ފެށިގެން މި މަހުގެ 14 އަށް ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެ އާއި ސީޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
"މި ދަތުރުފުޅަކީ ދިވެހި ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅުގެ ސަބަބުން ދެޤައުމަށް ފައިދާ ހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެއެވެ." ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.



advertisment