Support Us

ޔުކްރޭނުން ފެށި އިދިކޮޅު ޙަމަލާއިން އެއްވެސް ލަނޑުދަނޑިއެއް ޙާޞިލެއް ނުކުރެވޭ: ޕޫޓިން

އެތައް މަހެއްވަންދެން ޔުކްރޭނުން އެކަމަށް ތައްޔާރުވި އިދިކޮޅު ޙަމަލާތައް ފަށައިފި ކަމަށް ރޫސީ ރައީސް ވްލަޑިމީރު ޕޫޓިން އިއްޔެ ވިދާޅުވެއްޖެއެވެ. ނަމަވެސް ކިޔީވްގެ ބާރުތަކަށް އެމީހުން ޙާޞިލްކުރަން ބޭނުންވާ އެއްވެސް ލަނޑުދަނޑިއެއް ޙާޞިލުކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ޓީވީ ރިޕޯޓަރެއްގެ ޓެލެގްރާމުން ދުރަށް ދެއްކި ވީޑިއޯ ބަޔާނެއްގައި ރައީސް ޕޫޓިން ވިދާޅުވިއެވެ. "އެ ބުނާ އިދިކޮޅު ޙަމަލާތައް ފަށައިފިއެވެ. އެމީހުންނަށް ލަނޑުދަނޑިއެއް ޙާޞިލެއް ނުކުރެވުނެވެ.އެހެނަސް ޙަމަލާ ދިނުމުގެ ޤާބިލުކަން އެމީހުންގެ ކިބައިގައި އެބަ އޮތެވެ."

ޕޫޓިން ވިދާޅުވި ގޮތުގައި ރޫސީ ޢަސްކަރީ އިދާރިއްޔަތުން މިހާރު ދަނީ ހަނގުރާމައިގެ މައިދާނުގައި ހިނގަމުންދާ ކަންތައް ބަލައި ވަޒަންކޮށް އަގުކުރަމުންނެވެ.ޔުކްރޭނަށް ލިބެމުންދާ ގެއްލުންތައް އޮތީ ރަޝިޔާއާ އެއްކޮޅަށެވެ. އެއީ 3:1ގެ ނިސްބަތުންނެވެ."

ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިޔާގެ ޢަސްކަރީ ޞިނާޢަތީ މުއައްސަސާތަކުން ދަނީ ޒަމާނީ ހަތިޔާރުތައް ތަރައްޤީކުރަމުންނެވެ. އެ މުއައްސަސާތަކާ ޙަވާލުކުރެވިފައިވާ މަސައްކަތްތައް އަންނަނީ ނިންމަމުންނެވެ.

އެހެނަސް ޔުކްރޭނުން މި ޙަމަލާއާ ބެހޭގޮތުން ދެނީ ތަފާތު ޚަބަރުތަކެވެ.ޔުކްރޭންގެ ބައެއް މަސްއޫލުވެރީން މި ޙަމަލާ ނުފެށޭ ކަމަށް ވިދާޅުވާއިރު އަނެއްބައި އިސްވާރުން ވިދާޅުވާ ގޮތުގައި މި ޙަމަލާތައް ފެށިއްޖެއެވެ. އެމެރިކާއާއި ހުޅަނގުން ބުނާގޮތުގައި ޔުކްރޭނުން މި ޙަމަލާ ފަށައިފިއެވެ. ހުޅަނގުން ވަނީ އެކަމަށް ބޭނުންވާ ހުރިހާ ހަތިޔާރުތަކެއް ދީފައެވެ.

އެމެރިކާގެ އިތުރު އެހީތައް

މި ސިޔާޤުގައި އެމެރިކާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ދެ ބިލިއަން ޑޮލަރުގެ އައު އެހީތަކެއް ޔުކްރޭނަށް ދެވޭނެއެވެ. މި އައު އެހީގައި ވައިގެ ދިފާޢީ ޙަޔަވީ ބާރުތަކެއް ހިމެނޭނެކަމަށް އެ ވުޒާރާއިން ބުންޏެވެ.އެމެރިކާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި އައު އެހީގެ ޕާރުސަލްގައި ހޯކް މިސައިލާއި 105 މިލިމީޓަރާއި 203 މިލިމީޓަރުގެ ބަޑިއާއި އުންޑައާއި ލޭޒަރުން މިސްރާބުކުރާ މިސައިލް ހިމެނެއެވެ. އަދި ތަމްރީނު ދިނުމާއި ހަތިޔާރުތައް މަރާމާތު ކުރުން ވެސް ހިމެނެއެވެ. އެހެނަސް އޭނާ ވިދާޅުވި ގޮތުގައި މި ހަތިޔާރުތައް ދެވޭނީ އެމެރިކާގެ ގުދަންތަކަކުންނެއް ނޫނެވެ. އެހެންކަމުން މި ހަތިޔާރުތައް ކިޔީވާ ހަމައަށް ވާޞިލުވުމަށް އެތައް މަސްތަކެއް ހޭދަވެދާނެއެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ޖޯން އޮސްޓިން އިއްޔެ ހާމަކުރެއްވި ގޮތުގައި އެމެރިކާއިން މިހާތަނަށް ވަނީ 39.7 ބިލިއަން ޑޮލަރުގެ އެހީ ކިޔީވަށް ދީފައެވެ. ނުވަތަ ދިނުމަށް ވަޢުދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *