Support Us

ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން

ކިޔީވްގެ ހުރިހާ މުހުތާދުތަކެއް އެމެރިކާ ފުއްދައިދޭނެ: ބައިޑްން

ކިޔީވްގެ ދޮރޯށިތަކާ ހަމައިން މޮސްކޯ ހަނގުރާމަ ހުއްޓައިނުލާނެ ކަމަށް އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް ވަޑައިގެން އުޅުއްވާ އިނގިރޭސި ބޮޑުވަޒީރާއެކު ރޭ ބޭއްވެވި ނޫސް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބައިޑްން ވިދާޅުވި ގޮތުގައި މިއީ އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ޒައީމުންގެ ޚިޔާލުފުޅު ވެސްމެއެވެ.

ބައިޑްން ހާމަކުރެއްވި ގޮތުގައި ޔުކްރޭން ރައްޔިތުންނަށް ވާގިވެރިވުމާއި މަދަދު ކުރުމާ ބެހޭގޮތުން އޭނާ އިނގިރޭސި ބޮޑުވަޒީރު ސްނަކާއެކު މަޝްވަރާކުރެއްވިއެވެ. ރަޝިޔާގެ ޢުދްވާނާ ކުރިމަތިލުމަށް ބޭނުންވާ "ހުރިހާ މުހުތާދުތަކެއް" އެމެރިކާއިން ފުއްދާދޭނެ ކަމަށް ބައިޑްން ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ކަމަށް ބޭނުންވާ ފައިސާ ކޮންގްރެސް އިން ދޭނެއެވެ.

މި ބައްދަލުވުމުގައި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސްނަކް ވިދާޅުވި ގޮތުގައި "ރަޝިޔާގެ ބިރުދެއްކުންތައް" މައިތިރި ކުރެވެން ޖެހޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރޫސީ ރައީސް ޕޫޓިން ހަނގުރާމަ ދިގު ދަންމަވާނެއެވެ. އެހެންކަމުން ކިޔީވަށް ވާގިވެރިވާން ޖެހޭނެއެވެ.

އަނެއްކޮޅުން ޔުކްރޭންގެ ދިފާޢީ ވަޒީރު ރިޒްނިކޯވް ވިދާޅުވާގޮތުގައި އެ ޤައުމުގެ މިސައިލް ނިޒާމު ތަރައްޤީ ކުރުމުގެ އުދަރެސް ވަރަށް ފުޅައުކޮށް އެބަ އޮތެވެ. މި ޕްރޮގްރާމުގެ ދަށުން ޔުކްރޭންގެ މިސައިލްތަކުގެ ރާސްތާ އެއްހާސް ކީލޯމީޓަރަށް އިތުރު ކުރެވޭނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ކަމަށް ބޭނުންވާ ޚާއްޞަ ބަޖެޓަށް ވަޒީރުންގެ މަޖިލީހުން ވަނީ އެއްބަސްވެފައެވެ.

އަނެއްކޮޅުން ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި ޔުކްރޭނުން ރަޝިޔާއާ ދެކޮޅަށް ފަށަން ރާވައިފައިވާ ޙަމަލާތައް ކިޔީވުން ފަށައިފިއެވެ. މި ނޫސް ބުނާގޮތުގައި ޔުކްރޭނުން ދަނީ އެ ޤައުމުގެ އިރުދެކުނު ސަރަޙައްދަށް ބާރުގަދަ ޙަމަލާތަކެއް ދެމުންނެވެ.

މި ސިޔާޤުގައި ރޫސީ ދިފާޢީވަޒީރު ސަރގީ ޝުވިގޯ ވިދާޅުވާ ގޮތުގައި ޒަބަރޯޖިޔާ ނާރެހުގައި ތބި ރޫސީ ސިފައިންގެ ދިފާޢުތައް ފޫއަޅުވައިލުމަށް ޔުކްރޭނުން ދިން ޙަމަލާތަކެއް ނާކާމިޔާބުކޮށް މަތަކޮށްލެވިއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ސިފައިންގެ ޙަމަލާއަކީ ވަރަށް ކުއްލި ވަރަށް ވަރުގަދަ ޙަމަލާއެކެވެ. މި ހަނގުރާމައިގައި ޔުކްރޭން ސިފައިންގެ 900 ސިފައިން މަރައިލައި އެ ފައުޖުތަކުގެ އަތުގައި ހުރި ވަރަށް ގިނަ ހަތިޔާރުތައް އަތުލައިގަނެވުނެވެ. އޭގެ ތެރޭގައި ލެޕަރޑް މަރުކާގެ ޓޭންކް ވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *